ކ. މާލެ
|
8 ޖޫން 2018 | ހުކުރު 00:49
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އިންތިޚާބަށް ހުރަސް އެޅޭ އެއްވެސް ކަމެއް ތަހައްމަލް ނުކުރެވޭނެ: ޝަރީފް
ގާނޫނުން ލާޒިމް ކުރާ ކަމެއް ހުއްޓުވުމަށްޓަކައި، އެއްވެސް ޕާޓީއަކުން ޕްރެޝަރ ކުރައްވައިގެން ނުވާނެކަމަށް ވިދާޅުވި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ހުރަސް އެޅޭ އެއްވެސް ކަމެއް ތަހައްމަލް ނުކުރެވޭނެކަމަށާއި، އެފަދަ ކަމެެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ އެމައްސަލަ ބަލައި އެފަރާތަކާއި މެދު ވަގުތުން ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބު އޮންނަ ދުވަސް ކަނޑައެޅުމަށް އިންތިޚާބާއި ބެހޭ މައި މަރުކަޒު ބާ ޖަމާލުއްދީނުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އިންތިޚާބުގެ ކަންކަން އަމާން އޮމާން ކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުލުހުންނާއި އެކު މިހާރުވެސް މަޝްވަރާތައް ކުރިއަށް ގެންދާކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތައް ބޭއްވުމާއި ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ކަންކަން ފަދަ އެ ކޮމިޝަނަށް މަތިކޮށްފައިވާ އެއްވެސް އެފަދަ ކަމެއްގައި ގާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް އެ ކޮމިޝަނުން ނުކުރާނޭކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކަމަކަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނަށް ޕްރެޝަރ ކުރައްވައިގެންވެސް ނުވާނެކަމަށެވެ.

"އަޅުގަނޑުމެނަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ހުއްޓުވުމަށްޓަކައި، އެއްވެސް ޕާޓީއަކުން އަޅުގަނޑުމެނަށް ޕްރެޝަރ ކުރައްވައިގެން ނުވާނެ އަދި ޕްރެޝަރއެއް އަޅގަނޑުމެނަށް ގަބޫލުނުވެސް ކުރެވޭނެ" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގާނޫނުން އެފަރާތަށް މަތިކޮށްފައިވާ އެއްވެސްކަމެއް ހުއްޓުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނާނޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް