ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 23:01
ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާ ދިވެހިންތަކެއް---
ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާ ދިވެހިންތަކެއް---
ރާއްޖެއެމްވީ
ސިރިޔާ ހަނގުރާމަ
ސީރިޔާގެ ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހިންތަކެއް ހައްޔަރުކޮށްފި
ހައްޔަރުކުރި މީހުންތަކުގެ ތެރޭގައި މީގެ ކުރިން ވެސް ހަނގުރާމައަށް ދިއުމަށް މަސައްކަތް ކުރި ޒުވާނަކު ހިމެނޭ

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އެއާރޕޯޓުން ހައްޔަރުކުރެވުނު މި މީހުންތަކުގެ ތެރޭގައި މީގެ ކުރިން ސީރިޔާއަށް ދިއުމަށް މަސައްކަތްކޮށްފައިވާ ޒުވާނަކު ހިމެނެއެވެ. އެމައްސަލައާ ގުޅިގެން މިޒުވާނާ ބޭރުގެ ގައުމުތަކަށް ފުރުން ވެސް ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ އޭނާ ފުރުމަށް މަސައްކަތް ކޮށްފައި ވަނީ ފުރުން މަނާކޮށް ކޯޓުން ނެރެފައިވާ އަމުރު ހަމަވުމާ ގުޅިގެންނެވެ.

ނަމަވެސް ރޭ ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ. އަދި މިމައްސަލައާ ގުޅިގެން ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ ބޭރުގެ ގައުމުތަކަށް ހަނގުރާމައަށްދާ ދިވެހިންގެ އަދަދު އިތުރުވާ ކަމަށާއި، މިދިޔަ އަހަރުގެ ނިޔަލަށް ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ އަދަދު އުޅެނީ 61 ގައި ކަމަށެވެ. ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާ ބައެއް މީހުން ރާއްޖެއަށް އެބުރި އަންނަ ކަމަށާއި، މިއީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް