ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 23:00
އިންތިހާބުގެ ތާރީހު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވާހަކަދައްކަވަނީ
އިންތިހާބުގެ ތާރީހު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި، އިންތިހާބު ސެޕްޓެމްބަރު 23 ގައި
އިލެކްޝަންސް އިން ބުނީ، އިންތިހާބުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު 15 ޖުލައިގައި ހުޅުވާލާނަން
ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ދޭނަން

މި އަހަރުގެ ރިޔާސި އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ކަނޑައަޅައިފިއެވެ.

އިންތިޚާބު އޮންނަ ދުވަސް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ މަރުކަޒު ބާ ޖަމާލުއްދީނުގައި ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ. 

އިންތިހާބުގެ މުހިންމު ތާރީހުތައް ފާހަގަކުރައްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ގައި ހުޅުވާލާނެ ކަމަށެވެ. އަދި ފުރުސަތު ހުޅުުވާލުމަށްފަހު ކުރިމަތިލުމަށް 10 ދުވަހުގެ ފުރުސަތެއްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުުވި ގޮތުގައި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ކެނޑިޑަސީއާއި މެދު ސުވާލު އުފެދިއްޖެނަމަ އެކަމާއި ގުޅިގެންވެސް ޝަކުވާ ހުށައެޅުމުގެ ފުރުސަތުދޭނެކަމަށެވެ.

އިންތިހާބުގެ ތާރީހް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޝަރީފް ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު 17 ޖުލައިގައި ހުޅުވާލާނެކަމަށާއި، އެ ފުރުސަތު 19 އޮގަސްޓުގެ ނިޔަލަށް ހުޅުވާލާފައި ބާއްވާނެ ކަމަށެވެ. އަދި ވޯޓާރސް ލިސްޓު އަންނަ އާދިއްތަ ދުވަހު އާންމުކުރާނެކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އޭގެއިތުރުން ވޯޓާރސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު 31 ޖުލައިގައި ހުޅުވާލައި، ކެނޑިޑޭޓުންގެ މަންދޫބބުންނަށް ވޯޓާރސް ލިސްޓުގައި ސޮއިިކުރުމުގެ ފުރުސަތު ތިން ދުވަހަށްދޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމަށާއި، އަދި ރޭވިފައިވާގޮތަށް ބަލާކަމުގައިވާނަމަ 30 ދުވަހަށްވުރެ ދިގު މުއްދަތެއް ލިބޭނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

އިންތިހާބުގެ ތާރީހް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޝަރީފް ވިދާޅުވީ ނިމުނު ރިޔާސީ އިންތިހާބުގައިވެސް ވޯޓު ފެށިތައް ބެހެއްޓި ތަންތަނުގައި ވޯޓު ފޮށިތައް ބަހައްޓާނެކަމަށެވެ. އަދި އެ ޤައުމުތަކުގައިވެސް ވޯޓު ފޮޮށިތައް ބަހައްޓާނެކަމަށާއި، ވޯޓު ފޮށިތައް ހުންނާނެ ތަންތަން އަންނަ މަހު އިިއުލާންކުރަައްވާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ އިންތިހާބުގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ މީޑިއާތަކަށް އެ ފުރުސަތުު އޮންނާނެ ކަމަށެވެ. ނަމަވެސް މީޑިއާތަކުުން މޮނީޓަރުން ކަނޑައަޅާއިރު، އެ މޮނީޓަރުންނަކީ މީޑިއާތަކުގެ ކޮންޓްރެކްޓެއްގައި ތިބޭ ބައެއްތޯ ބަލާނެކަމަށާއި، އެ ނޫން ފަރާތްތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ. މީގެކުރިން މީޑިއާތަކުން އައްޔަނުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮވެ އެވެ. ނަމަވެސް ގެނައި ބަދަލުގެ ސަބަބުން ކޮންމެ ވޯޓު ފޮށްޓެއް ކައިރީގައި މީޑިއާގެ ފަރާތްތަކަށް ހަރަކާތްތެރިވުމަށް ހުރަސްތަކާއި ކުރިމަތިވާނެ އެވެ. 

އޭގެއިތުރުން ވާހަކައްދަކަވަމުން ޝަރީފް ވިދާޅުުވީ މި އިންތިހާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމުގެ ފުރުސަތު ބޭރުގެ ޤައުމުތަކަށްވެސް އޮންނާނެކަމަށެވެ. އަދި ޔޫރަޕްގެ އިއްތިހާދަށް ހާއްސަ ދައުވަތެއްދޭނެ ަމަށް ޝަރރީފް ވިދާޅުވި އެވެ. 

އިންތިހާބުގެ ތާރީހްތައް އިއުލާންކުރިއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނާއެކުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށް ބުނެފަ އެވެ. އަދި އިންތިހަބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރަންޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެ ފަރާތްތަކުން ސިފަކުރާގޮތުގައި މިހާރު ތިއްބެވި މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ "އޯޑަރަށް" މަސައްކަތްކުރައްވާ ބޭފުޅުންތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 23:11
ހ މ ޒ
ރާއްޖެއިން ފުރަތަމަ ފަހަރަށް ޗައިނާއިން ލޯނެއް ނަގާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައިކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ!