ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 22:14
މުހައްމަދު ނިމާލް---
މުހައްމަދު ނިމާލް---
މުހައްމަދު ޝަރުހާން
މުހައްމަދު ނިމާލް
ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ނިމާލް އައްޔަން ކޮށްފި
ނިމާލް ހަމަޖައްސާފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމަށް
މިމަގާމަށް ނިމާލް ހަމަޖެއްސިވި ނަމަވެސް ރައީސް އޮފީހުން މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރޭ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް އައްޔަން ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލް ހަމަޖައްސާފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމަށެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަށް ނިމާލް ހަމަޖެއްސެވި ނަމަވެސް ރައީސް އޮފީހުން މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ނަމަވެސް ފެނަކައަށް ބޭނުންވާ ބޭރު ފައިސާ ގަތުމުގައި ހިނގާދިޔަ ބޮޑު މުއާމަލާތެއްގައި އެކުންފުންޏަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި އެމައްސަލަ ގުޅިގެން ނިމާލް އެ މަގާމުން ވަކި ކުރެއްވިއެވެ. އަދި އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ. އަދި އެމްއާރްޑީސީގެ މަނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ރިޔާސީ ކެންޕޭނަށް ޕާޓީއަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް އޭނާ އޭރު ވަނީ ވިދާޅުވެފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް