ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 22:07
ގަމު ދާއިރަގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ގަމު ދާއިރަގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް
ޓްވިޓަރ
ފައްޔާޒު އިސްމާއިލް
ބަރުލަމާނީ ނިޒާމް ގެންނަން ފައްޔާޒު އިސްމާއިލް ދެކޮޅު!
ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށައަޅާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި
ބަރުލަމާނީ ނިޒާމްގައި ގައުމަށް ވެގެންދާނެ ގޮތާ މެދު ބިރުގަންނަ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައި
އެމްޑީޕީއަކީ ފުޅާކޮށް ހިޔާލު ތަފާތުވެ ގޮތް ނިންމާ ޕާޓީއެއް: ފައްޔާޒު

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް ތާއިދުނުކުރައްވާކަން ފާހަގަކުރައްވައިފިއެވެ.

ރިޔާސީ ނިޒާމަކީ ދިވެހިންނާ ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާ ކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް، ބުރާސްފަތި ދުވަހު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދެމިގެން ދިއުމަށް ވުރެ ބަރުލަމާނީ ނިޒާމްގައި މި ގައުމަށް ވެގެންދާނެ ގޮތާ މެދު އެނާ ބިރުފުޅުގަންނަ ކަމަށެވެ. ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމެއްގައި މި ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަށް ކޮންޓްރޯލް ކުރައްވާނީ ވިޔަފާރި ވެރިން ކަމަށެވެ.

ފައްޔާޒު ކުރެއްވި ޓްވީޓާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޫ) ވަނީ މިހާރު މި އޮތް ރިޔާސީ ނިޒާމްގައި "ގޮނޑި ވިޔަފާރި" ކުޑަތޯ ފައްޔާޒާ ސުވާލު ކުރިމަތިކުރުވާފައެވެ.

އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރިޔާސީ ނިޒާމްގައި ގޮނޑީގެ ވިޔަފާރި ކުޑަ ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ އަތުނުޖެހޭނެ ކަމަށް ކަމަށެވެ. މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ދުނިޔޭގައި ހަދާފައިވާ ސްޓަޑީތަކަށް ވެސް އެންމެ ކޮރަޕްޝަން މަދުކުރެވޭ ނިޒާމަކީ ބަރުލަމާނީ ނިޒާމަށް ވާނެ ކަމަށެވެ. އަދި އެންމެ ބޮޑު ހަގީގަތަކީ ރާއްޖޭގެ ރިޔާސީ ނިޒާމްގައި ބަރުލަމާނީ ސިފައިގައި ކޯލިޝަން ހަދައިގެން މަސައްކަތް ނުކުރާކަން ކަމަށް އިންތި ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އިންތިގެ ވާހަކައަށް އެނޭ މުޅިން ތާއިދުނުކުރައްވާ ކަމަށެވެ. އެއްވެސް ނިޒާމެއް ގޯހެއް ނޫން ކަމަށާއި ފުރިހަމަ ވެސް ނޫންކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ހާލަތުގައި ރައްޔިތުންގެ މަޖިލީހާ ދޭތެރޭގައި ކަންބޮޑުވާ ކަމަށާއި "އުޑު ބޮލަށް ވެއްޓިދާނެ ކަމަށް" ހީކުރެވޭ ކަމަށެވެ.

 

ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ފައްޔާޒު ބަރުލަމާނީ ނިޒާމަށް ތާއިދުނުކުރައްވާކަން ހާމަކުރެއްވުމުން، ޓްވީޓަރ ގައި އެނާއާ ގިނަ ސުވާލުތަކެއް ދަނީ ކުރިމަތުކުރުވަމުނެވެ. އެއްބަޔަކު އޭނާގެ ހިޔާލަށް ތާއިދުކޮށް ޓްވީޓް ކޮށްފައިވެއެވެ. އަނެއް ބަޔަކު ދަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް