ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 19:43
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ
ސިމާހާ ނަސީމް
ސިއްޚަތު
ރޯގާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތް: އެމްޑީޕީ
ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އެބަހުރި

މިހާރު ރާއްޖޭގައި ހަލުވި ކަމާ އެކު ފެތުރެމުންދާ އިންފްލުއެންޒާ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެމްޑީޕީގެ ހެލްތު ކޮމިޓީގެ މުގައްރިރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޑީޑީ ވިދާޅުވީ މިއަދާ ހަމައަށް އައި އިރުވެސް އިންފުލުއެންޒާ ރޯގާ ކޮންޓްރޯލް ނުކުރެވި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އެބްހުރި ކަމަށެވެ.

މީގެ ކުރިން ސަރުކާރުތަކުގައި ވެސް މިފަދަ ރޯގަތައް ފެތުރެން ފެށުމުން ސްކޫލްތައް ބަންދުކޮށް އަދި އެ ރޯގަތައް ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅާ ކަމަށާއި ނަމަވެސް މިއަދު ސަރުކާރުން އެކަހަލަ އެއްވެސް ފިޔަވަޅެއް އަޅުއްވާތަން ނުފެންނަ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ރޯގާ ކޮންޓްރޯލް ނުވެގެން ދިޔަ އިރު ވެސް ސްކޫލްތައް ބޭނުން ގޮތަކަށް އަމަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން މިފަހަރު އޮތީ ދޫކޮށްލާފައި ކަމަށާއި ސަރުކަރެއް އޮތުމުގެ ބޭނުމަކީ ވެސް މިފަދަ ކަންކަތައްތައް ދިމާވުމުން ސިޔާސަތުތަކެއް ކަނޑައަޅައި ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އަމަލުތައް ހުރީ މިކަމުގައި އިހުމާލުވެ، އަނެއްކާ ވެސް ރޯގާއިން އިތުރު ކަންތައްތައް މެދުވެރިވާ ކަހަލަ ގޮތަކަށް ކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މިކަން އިންތިހާއަށް  ކުށްވެރި ކުރާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ރޯގާ ކޮންޓްރޯލް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށާއި މަޖިލީސް ހުޅުވުމުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން ސިއްޚަތާ ބެހޭ ކޮމިޓީގެ މެންބަރު ނިހާދު ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ބަލިވެގެން 9000 ރައްޔިތުން ހޮސްޕިޓަލަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން %60 ރައްޔިތުން އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން ތެދުވެ ދިވެހި ރައްޔިތުން ސަލަމަތްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ވެކްސިން ޖެހުމަށް ސަރުކާރުން ރިކޮމެންޑް ކުރާއިރު އިންފުލުއެންޒާ ވެކްސިންއަކީ ފަސޭހައިން ލިބިދެވެން ހުރި އެއްޗެއް ކަމުގައި ވެސް ހެދިފައި ނެތް ކަމަށާއި އަދި އެ ޚިދުމަތް ދެވޭނެ ގޮތްތަކެއް ވެސް ގާއިމް ވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

އިއްޔެއާ ހަމައަށް ބެލިއިރު އެތައް ސަތޭކަ ބަޔަކު ކިޔުގައި ތިބެގެން ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އިއްޔެ އެ ވެކްސިން ލިބެން ނެތް ކަމަށް ނިހާދު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށްރަށުގައި ވެސް އިންފުލުއެންޒާ ވެކްސިން ލިބެން ހުރީ ވަރަށް ދތި ހާލުގައި ކަމަށް ނިހާދު ވިދާޅުވިއެވެ.

ރައްޔިތުން މިހާލުން ސަލާމަތް ކުރުމަށްޓަކައި މި ބިރުވެރި ރޯގާ އިން ސަލާމަތް ކުރުމަށްޓަކައި ރައްޔިތުންނަށް ލިބެންޖެހޭ ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް