ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 17:31
ބައްދަލުވުން އޮތީ ބާ ޖަމާލުއއްދީނުގައި
ބައްދަލުވުން އޮތީ ބާ ޖަމާލުއއްދީނުގައި
ގޫގުލް
ރިޔާސީ އިންތިޚާބު 2018
އީސީ ބައްދަލުވުން ކުރިއަށްދާ ވަގުތު، އެ ސަރަހައްދުގައި އެމްޑީޕީން އިހުތިޖާޖުކުރަން ތައްޔާރުވެއްޖެ!
އީސީގެ މި ބައްދަލުވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިލުލާނުކުރެވިގެންދާނެ

އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވާ ބާޖަމާލުއްދީނުގައި މިރޭ ބާއްވާ ބައްދަލުވުން ހިނގަމުންދާ ވަގުތު އެ ސަރަހައްދުގައި އެމްޑީޕީން އިހުތިޖާޖުކުރަން ތައްޔާރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ 20:45 ގައި އެ ކޮމިޝަނުން ބާއްވާ އެ ބައްދަލުވުމަކީ ރިޔާސީ އިންތިޚާބާ ގުޅިގެން އެންމެ ފަހުގެ މައުލޫމަތުތައް ފޯރުކޮށްދިނުމަށް ކޮމިޝަނުގެ މުއައްޒަފުންނާއި، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކާއި، ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނާއި އަދި މީޑިއާތަކުގެ އިސްވެރިންނަށް ބާއްވާ ބައްދަލުވުމެކެވެ.

އެމްޑީޕީން ބުނީ، މި އެއްވުމަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާލުމަށް ބާއްވާ އެއްވުމެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ 9:30 އަށް ބާ ޖަމާލުއއްދީނު ސަރަހައްދަށް ދިއުމަށް އެ ޕާޓީގެ މެންބަރުންނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހުގެރޭ ބާއްވާ މި ބައްދަލުވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިލުލާނުކުރެވިގެންދާނެއެވެ.

އިދިކޮޅު އިއްތިހާދުން ތަކުރާރުކޮށް ބުނަމުންދަނީ މިހާރު މި އޮތް ކޮމިޝަނާ އެކު ރިޔަސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް