ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 16:30
ރައީސް ނަޝީދު: ބޭރު ޤައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ
ރައީސް ނަޝީދު: ބޭރު ޤައުމުތަކުން ރާއްޖެއަށް ފިޔަވަޅު އަޅާނެ
ފޭސްބުކް
ރައީސް ނަޝީދު
ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު
ރައީސް ޔާމީން އެކަނިވެވަޑައިގަންނަވާނެ
މި ސަރުކާރުގެ އިސްވެރިންނަށް އަޅާ ފިޔަވަޅުތަކަކީ ހަމަ ހައްގު ފިޔަވަޅުތަކެއް
މިރާއްޖޭގެ ކަންކަމާ މެދު އެ ޤައުމުތަކުން އަބަދުވެސް ފިޔަވަޅު އަޅާނެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ދެން އިންޑިއާއަށް ނޭރޭނެ ކަމަށާއި އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

އެމްޑީޕީގެ ދާއިރާތަކުގެ މަޖިލިސްތައް ފެށުމަށް ބުދަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ފޭސްބުކް ލައިވް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން މިއަދު އުޅެމުންދަނީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ކަމަށާއި ރާއްޖޭގެ ކަންކަމާ ގުޅިގެން ބޭރުގެ ގައުމުތަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނިކޮށް ފެނިގެން މިދިޔައީ ޕީޕީއެމްގެ މެޖޯރިޓީ ލީޑަރު ރަށު ބަންދަށް ބަދަލުވެގެން ދިޔަތަން ކަމަށެވެ. މިފެންނަނީ ބޭރުގެ ޤައުމުތަކުން ދިވެހިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ދިވެހި ވެރިކަމުގެ ނިޒާމާއި ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ބޭރު ޤައުމުތަކުން އަބަދުވެސް އެހީތެރިވެދޭނެ ކަމަށެވެ. މިރާއްޖޭގެ ކަންކަމާ މެދު އެ ޤައުމުތަކުން އަބަދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިއަދު މިވަނީ އިންޑިއާ އިން ދިވެހި ރާއްޖޭގެ ވެރިކަމާ ގުޅޭ އެއްވެސް ބޭފުޅަކަށް އިންޑިއާއަށް ނޭރޭނެ ކަމަށް ނިންމާފައި ކަމަށާއި އިންޑިއާ އިން ޓްރެވަލް ބޭން ކަނޑައަޅައިފި ކަމަށެވެ. އަޅުގަނޑުމެންނަށް މިއަދު އެތަން ފެނިއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ "މިކަން" ނިމޭނީ އިންޑިއާގެ އިތުރުން އީޔޫ އާއި އެމެރިކާ އަދި އދ. އިން ވެސް ފިޔަވަޅު އަޅައިގެން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެކަނިވެވަޑައިގަންނަވާނެ ކަމަށާއި ޖެހިވަޑައިގަންނަވާނީ ދޫދެއްވަން ކަމަށެވެ.

ރައީސް ނަޝީދު ވަނީ މި ސަރުކާރުގެ އިސްވެރިންނަށް އަޅާ ފިޔަވަޅުތަކަކީ ހަމަ ހައްގު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިނިވަން އިންސާފުވެރި އިންތިހާބެއް ލިބުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އިންޑިއާ އިން ވެސް އަޅާނެ ކަމަށާއި ޕީޕީއެމް ސަރުކާރުގެ އިސް ލީޑަރުންނަށް އެ އަޅާ ފިޔަވަޅުތަކަކީ ހަމަ ހައްގު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ހާލުގައި ޖައްސާފައި އެބޭފުޅުން ތަންތަނަށް ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 12:25
ގަލޮޅު މީހާ
You can not enter to Maldives. We don't want u or Ur baigandu Dhen aijahaa Comment approve nukuraathi