ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 15:58
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
މުހައްމަދު ޝަރުހާން
ހިޔާ މަޝްރޫއު
އެންމެ ފަހު ވަގުތަށް މަޑުނުކޮށް ފްލެޓަށް ފޯމު ހުށަހަޅަންޖެހޭ: ހައުސިންގ މިނިސްޓްރީ
ފޯމް ބަލައިގަތުން ކުރިއަށްދަނީ ދަރުބާރުގޭގައި
20 ކައުންޓަރަކުން ހިދުމަތް ލިބޭ

ހިޔާ މަޝްރޫއުގެ ދަށުން ފަހު ވަގުތަށް މަޑުނުކޮށް ފޯމް ހުށަހެޅުމަށް ހައުސިންގ މިނިސްޓްރީން ގޮވާލައިފި އެވެ

ހައުސިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލު ވިދާޅުވީ، ރަމަޟާން މަހުގެ މިދުވަސް ވަރު ފޯމް ހުށަހަޅާ މިންވަރު ވަރަށް މަދު ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އެންމެ ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުން މުހިއްމު ކަމަށެވެ.

ފަޒާލް ވިދާޅުވީ، 12 ކެޓަގަރީއަކުން ފޯމު ބަލައިގަތުން ކުރިއަށްދާއިރު ވަކި ވަކި ކެޓަގަރީތަކަށް ހާއްސަ ކުރެވިފައިވާ މޭޒުތައް ދަރުބާރުގޭގާއި ހުންނާނެ ކަމަށެވެ.

" އަޅުގަނޑުމެންގެ ޓާގެޓަކީ ފޯމު ބަލައިގަތުމުގެ ކަންކަން އެންމެ ލަސްވެގެން ވެސް ފަސް މިނެޓްގެ ތެރޭގައި ނިންމާލުން. އަޅުގަނޑު ހަމަ ދަންނަވަން އޮތީ ރައީސް ޔާމީންގެ ހިޔާ މަޝްރޫއުގެ ދަށުން އޮތް ފުރުސަތުތަކުގައި ވަރަށް ގިނަ ބޭފުޅުންނަށް ފޯމު ހުށަހެޅޭނެ. ކެޓަގަރީތައް ވެސް ރަގަޅަށް ބައްލަވާފައި ފަހުން ގެނައި އިސްލާހުތަކާ އެކު އެންމެ ރަގަޅު ކެޓަގަރީއަކަށް ފޯމަށް ހުށަހެޅުން މުހިއްމު." ފަޒާލް ވިދާޅުވި އެވެ. ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމުގައި ފްލެޓަށް އެދޭ ފޯމު ބަލައިގަންނަން އާދީއްތަ ދުވަހު ފަށާފައިވާއިރު 20 ކައުންޓަރަކުން ދަނީ އެއްފަހަރާ ހިދުމަތް ދެމުންނެވެ. އަދި ކިއޫގައި މަޑުކުރުން ކުޑަކުރުމަށް އިލެކްޓްރޯނިކް ކިއު ސިސްޓަމް ވަނީ ގާއިމް ކޮށްފައެވެ.

ފޯމު ހުށަހެޅުމަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ

ފޯމް ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 10:00 ކުން މެންދުރު ފަހު 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

އާދިއްތަ ދުވަހުން ފެށިގެން ފޯމް ބަލައިގަންނަމުންދާއިރު މި ހަފްތާގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 1000 މީހުން ފޯމު ހުށަހަޅާ ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ހުޅުވާލާ އެވެ

މި މަޝްރޫއުގެ ދަށުން ފޯމް ބަލައިގަތުން ކުރިއަށްދާނީ 31 ޖުލައިގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް