ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 15:15
ހަމަލާތައް މެދުކަނޑާލާފައިވަނީ ރަމްޟާންމަހުގެ 27 ން ފެށިގެން ފިތުރު އީދުގެ ނިޔަލަށް
ހަމަލާތައް މެދުކަނޑާލާފައިވަނީ ރަމްޟާންމަހުގެ 27 ން ފެށިގެން ފިތުރު އީދުގެ ނިޔަލަށް
ރޮއިޓަރސް
ތާލިބާން ހަނގުރާމަ
ތާލިބާނުންނާއި ދެކޮޅަށް ކުރާ ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލައިފިކަމަށް އަފްޣާނިސްތާނުގެ ރައީސް ވިދާޅުވެއްޖެ
ހަމަލާތައް މެދުކަނޑާލީ ޖޫން 20އާއި ހަމައަށް
ހަމަލާތައް ހުއްޓާލުމާއިމެދު ތާލިބާނުންގެ ބަހެއް ނުލިބޭ

ތާލިބާނުންނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ޖޫން މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ބުރާސްފަތި ދުވަހު އިއުލާނު ކުރައްވައިފިއެވެ.

ތާލިބާން ޖަމާއަތުން އެ ނިންމުމަށް އެއްބަސްވިކަމެއް އަދި ސާފެއް ނުވެއެވެ.

ޓީވީ މެދުވެރިކޮށް ތަގުރީރު ކުރައްވަމުން ޣަނީ ވިދާޅުވީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ލެވަންޓް ފަދަ އެހެނިހެން ޖަމާއަތްތަކާއި ދެކޮޅަށް ކުރާ ހަނގުރާ ކުރިޔަށްދާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސްވަނީ ޖޫން 20 ހަމައަށް ތާލިބާނުންނަށް ހަމަލާދިނުން މެދުކަނޑާލާފައި ބޭއްވުމަށް އަންގަވާފައެވެ.

ހަމަލާތައް ހުއްޓާލެވެނީ"ރަމްޟާން މަހުގެ 27ން ފެށިގެން ފިތުރު އީދުގެ ފަސްވަނަ ދުވަހާއި ހަމައަށް"ކަމަށް ރައީސްގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޣަނީ ވިދާޅުވެފައި ވަނީ "ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ތާލިބާނުންގެ ހަނގުރާމަވެރި ހަމަލާތަކަކީ ރައްޔިތުންގެ ހިތާއި ސިކުނޑި އެމީހުންގެ ކޮޅަށް ނޭނބުރި އެމީހުން އިތުރަށް ބާކީވާކަން ވިސްނާލުމަށް ލިބިގެންދާ ފުރުސަތެއް"ކަމަށެވެ.

ހައިރާންކަން ގެނުވި މި ނިންމުން އައިސްފައި މިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޕޮލިޓެކްނިކް ޔުނިވަރސިޓީގެ ކައިރީގައި ހުރި ޓެންޓެއްގައި މުސްލިމުން ލީޑަރުންނާއި ޝެއިޚުން ބައްދަލުވުމަކަށް ޖަމާވެފައިވަނިކޮށް ޖާނުން ފިދާވެގެންދިން ހަމަލާއެއްގައި މަދުވެގެން 7 މީހުން މަރާލިތާ ތިން ދުވަހުގެ ތެރޭގައެވެ.

ޖާނުން ފިދާވެގެން ހަމަލާ ދިނުމާ ބެހޭ ގޮތުން ފަތުވާ ނެރުމަށްޓަކައި ކާބުލްގައި ބޭއްވި އެ ބައްދަލުވުމަށް 2,000 އެއްހާ އިލްމުވެރިން ޖަމާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖާނުން ފިދާވެގެން ދިން އެހަމަލާގައި ބޮން ގޮއްވާލާފައި ވަނީ ބައްދަލުވުން ނިންމާލުމަށް ފަހު ބައިވެރިން ޓެންޓުން ނުކުންނަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް