ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 14:42
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
މުހައްމަދު ޝަރުހާން
އޮޑިޓް ރިޕޯޓު
ގަވައިދާ ހިލާފަށް 10.6 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެޗްއިން ގަނެފައިވާކަން ފަޅާ އަރައިފި
10 މިލިއަން ރުފިޔާގެ ތަކެތި ގަތީ ޓެންޑަރ ބޯޑަށް ހުށަނާޅާ
ގިނަ އަދަދެއްގެ ތަކެތި ގަތުމުގައި ކަންކަން ކޮށްފައިވީ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް

މާލިއްޔަތު ގަވައިދާ ހިލާފަށް 10.6 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެޗުން ގަނެފައިވާކަން ފަޅާއަރައިފި އެވެ.

ހެލްތް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔެންސް އޮޑިޓް ރިޕޯޓުގައި ވަނީ އޮޑިޓް އޮފީހަށް ފާހަގަ ކުރެވުނު 17 ކަމެއް ހިމަނާފަ އެވެ. އެގޮތުން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކުރިއަށްދާން ޖެހޭ އިރު  ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލާ 10.6 މިލިއަން ރުފިޔާގެ ތަކެތި އައިޖީއެމްއެވުން ގަނެފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.25 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ އެއް މިލިއަން ރުފިޔާ އިން މަތީގެ މަސައްކަތްތައް ހަވާލު ކުރާނެ ފަރާތެއް ހޯދަންވާނީ އެ މަސައްކަތަކާއި ބެހޭ ކުރެހުންތަކާއި ތަފްސީލުތައް ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެންނެވެ.

މީގެ އިތުރުން އޮންނަ އުސޫލާ ހިލާފަށް ހުޅުމާލޭ ހޮސްޕިޓަލާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗް އިން ތަކެއްޗާއި ހިދުމަތް ހޯދާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އޮޑިޓް އޮފީހުން ބުނީ 25000ރ. އަށް ވުރެ ބޮޑުވާނަމަ ތަކެތި ގަންނަންވާނީ އާންމުކޮށް އިއުލާނު ކޮށްގެން ލިބޭ އަންދާސީ ހިސާބުތައް ބަލައިގެން ކަމަށާއި އަދި 25000ރ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ދެމެދުގެ މަސައްކަތެއް ކުރަންވެއްޖެ ނަމަ އެ މަސައްކަތް ކޮށްދިނުމަށް ނުވަތަ އެއްޗެއް ހައްދަން އެންމެ އެކަށީގެންވާ ރަގަޅު ފަރާތެއް ހޯދަން ޖެހޭނީ އާންމުކޮށްގެން އަންދާސީ ހިސާބު ބަލައިގެން ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ. އެހެން ނަމަވެސް ބައިބަޔަކަށް ބަހާލައިގެން ޖުމްލަ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 10:18
ދާންދޫ
Doing nd redoing the same work 4-6 times is Normal in maldives. This over budgeting trend is not by accident but more of systematic. This is like trying to take as much as public funds via corruption before election !