ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 12:11
ޅ.ނައިފަރު ބަނދަރު މަތި
ޅ.ނައިފަރު ބަނދަރު މަތި
ރާއްޖެ އެމްވީ
ތެލުގެ އަގު
އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި
ޑީސަލް ލީޓަރެއްގެ އަގު 11.23ރ. ވަނީ އަރާފައި
އެންމެ ފަހުން ޑީސަލް ލިބެން ހުރީ ލީޓަރެއް 11.13ރ. އަށް

އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި ޑީސަލް ލީޓަރެއްގެ އަގު ބާޒާރުގައި މިހާރު ލިބެން ހުންނާނީ  11.23ރ. އަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އަގަށް ބަދަލު ގެނެސްފައިވާ އިރު، ޑީސަލްގެ އަގު 10 ލާރި ވަނީ މިފަހަރު ބޮޑު ކޮށްފަ އެވެ.

އެންމެ ފަހުން ޑީސަލް ލިބެން ހުރީ ލީޓަރެއް 11.13ރ. އަށެވެ. އެންމެ ފަހުން ޑީސަލްގެ އަގަށް ބަލަދެއް ގެނެސްފައިވަނީ މިދިޔަ މެއި މަހު އެވެ.

މިދިޔަ ޖެނުއަރީ މަހު ޑީސަލްގެ އަގު ހުރީ 10.41ރ. އަށެވެ. އޭގެ ފަހުން މާރޗު މަހު އަގު ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރެއްގެ އަގު 10.21ރ. އަށް ބަދަލު ކުރެވުނެވެ.

މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގަށް އެސްޓީއޯ އިން ބަދަލު ގެންނެސްފައިވާ ފަސް ވަނަ ފަހަރެވެ. ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަ ބަދަލާ ގުޅިގެން ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 09:05
Rayyithu meehaa
Faathuma he heyo edhunnnthah yaameenuge heyofulhukan