ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 11:30
އެންސްޕާ: އެހީ ހައްޤު ނުވާ ބަޔަކަށް ވަނީ އެހީ ދީފައި
އެންސްޕާ: އެހީ ހައްޤު ނުވާ ބަޔަކަށް ވަނީ އެހީ ދީފައި
ރާއްޖެއެމްވީ
އޮޑިޓް ރިޕޯޓް 2015
އެކަނިވެރި މައިންނަށް ދޭ ފައިސާ މީހުންނާ އިނދެގެން ތިބި ބަޔަކަށް ދީފި
ކައިވެނިކޮށްގެން ތިބި ބަޔަކަށް ވަނީ އެކަނިވެރި މައިންނަށް ދޭ ފައިސާއިން 1551000 ރުފިޔާ ދީފައި
އުސޫލާ ޚިލާފަށް މީހަކަށް 13000 ރުފިޔާ ދީފައިވޭ
އިނާޔަތް ޙައްޤުވާކަން ކަށަވަރު ނުވާ ބަޔަކަށް 198808 ރުފިޔާ ދީފައިވޭ

އެކަނިވެރި މައިން ބަފައިންނަށް ދައުލަތުން ދޭ އެލަވަންސް، 2015 ވަނަ އަހަރު މީހުންނާ އިނދެގެން އުޅޭ ބަޔަކަށް ދީފައިވާކަން ފަޅާ އަރައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވާ ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެކަނިވެރި މައިންބަފައިންނަށް ދައުލަތުގެ ފަރާތުންދޭ އެލަވަންސް 2015 ވަނަ އަހަރު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، ކައިވެނިކޮށްގެން ތިބި ބައެއް ފަރާތްތައް ވެސް ހިމެނޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އޮޑިޓް ސާމްޕަލްގެ ގޮތުގައި ޗެކް ކުރެވުނު ފަރާތްތަކުގެ ތެރެއިން 109 ފަރާތަކަށް ކައިވެނިކުރިފަހުން ކައިވެނިކޮށްގެން ތިބި މުއްދަތުގައި ޖުމްލަ 1551000 (އެއް މިލިއަން ފަސް ސަތޭކަ ފަންސާސް އެއްހާސް) ރުފިޔާ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެފައިސާއަކީ ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން އެފަރާތްތަކަށް ޙައްޤުވާ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

"އެކަނިވެރި މައިންބަފައިންނަށް އެހީ ދިނުމުގައި ބަލާ މިންގަނޑާއި އުސޫލު" ގައިވާ ގޮތުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ލިބެމުންދާ ކުއްޖަކަށް އެކަނިވެރި މައިންބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ އެލަވަންސް ހަމަޖައްސައި ނުދެވެއެވެ. އެހެންނަމަވެސް އެ އުސޫލާ ޚިލާފަށް އެދެއެލަވަންސްވެސް މީހަކަށް ދީފައިވާ ކަމަށާއި އެގޮތުން އޭނާއަށް 13000 ރުފިޔާ ދީފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

އަދި އެހީ ހައްޤުވާކަން ޔަޤީން ނުކުރެވޭ ބަޔަކަށް 2015 ވަނަ އަހަރު 198808 (އެއް ސަތޭކަ ނުވަދިހަ އަށް ހާސް އަށްސަތޭކަ އަށެއް) ރުފިޔާ ދީފައިވާކަން އެނގެން އޮންނައިރު އޭގެ ތެރޭގައި ބައެއް ފަރާތްތަކުގެ ފެންބިލާއި، ރާއްޖެއިންނާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށާއި ކޯސް ލިބުމުން އަނބިދަރިން ރާއްޖެއިން ބޭރަށް ދިޔުމަށް ޓިކެޓާއި އިންޝުއަރެންސް ހެއްދުމަށް ފައިސާގެ އެހީ ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް އެހީ ދިނުމުގައި ޢަމަލުކުރާނެ ގަވައިދެއް ނުވަތަ އެހީ ދިނުމުގައި ބަލާނެ މިންގަނޑެއް އެންސްޕާއިން ކަނޑައަޅާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއެހީ ދީފައިވަނީ ހަޤީގަތުގައި ވެސް މިފަދަ އެހީއެއް ހައްޤުވާ ފަރާތްތަކަށްކަން އެއްވެސް ވަރަކަށް ބަލައި ޔަގީން ކޮށްފައިނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ. އެހެންކަމުން މި އެހީ ދީފައި ވަނީ މިފަދަ އެހީއެއް ހައްގުވާ ފަރާތްތަކަށްކަން ޔަގީން ކުރެވޭނެގޮތް ނެތްކަން މިނިސްޓްރީ އޮފް ހެލްތުގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 12:56
nass
Dhee thi meehun nah aharumen nah dheynekameh neh