ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 11:02
ްޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް
ްޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް
ގޫގުލް
ސްކޫލް ކިޔެވުން
ސްކޫލްތައް ސެމިސްޓަރ ބްރޭކަށް ބަންދުކޮށްފި
މިޑް-ޓާމް ބްރޭކް އަކީ 10 ޖޫން އިން 14 ޖޫންއަށް
ދެ ވަނަ ސެމިސްޓާގެ ކިޔެވުން 18 ޖޫންގައި

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ފުރަތަމަ ޓާމްގެ ޓެސްޓަށް ފަހު ރިޕޯޓް ފޮތް ދީ ސްކޫލްތައް ސެމިސްޓަރ ބްރޭކަށް ބަންދުކޮށްފި އެވެ.

 އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި 2018 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ކިޔަވައިދީފައިވަނީ ވަނީ 98 ވަނަ ދުވަހު އެވެ. އެއީ ޖަނަވަރީ 14 އިން ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަތަމަ ސެމިސްޓާގެ މިޑް-ޓާމް ބްރޭކް އަކީ 10 ޖޫން އިން 14 ޖޫން އަށެވެ.

ދެ ވަނަ ސެމިސްޓާގެ ކިޔެވުން 18 ޖޫންގައި ފަށާ އިރު މި ސެމިސްޓާގެ މިޑްޓާމް ބްރޭކް އަކީ 19 އޯގަސްޓް އިން 23 އޯގަސްޓް އަށެވެ. މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް އެ ކަލަންޑަރުގައިވެ އެވެ.

ދެ ވަނަ ސެމިސްޓާގައި 105 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާ އިރު މުޅި އަހަރު ތެރޭގައި ޖުމްލަ 203 ދުވަހު ކިޔަވައިދޭނެ ކަމަށް ދިރާސީ ކަލަންޑަރުގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް