ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 10:04
މެއި 30 ވަނަ ދުވަހުގެ ބޭއްވި އެމްޑީޕީގެ ޕްރައިމެރީގެ ވޯޓްލުން ކުރިއަށް ދަނީ
މެއި 30 ވަނަ ދުވަހުގެ ބޭއްވި އެމްޑީޕީގެ ޕްރައިމެރީގެ ވޯޓްލުން ކުރިއަށް ދަނީ
ސޯޝަލް މީޑިއާ
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީގައި ހަރަކާތްތެރިވި މައްސަލަ ބަލަނީ
ޕްރައިމަރީ ބާއްވަން ބައެއް ކައުންސިލްތަކުން އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެލްޖީއޭއިން ވަނީ ސިޓީ ފޮނުވާފައި
އެކަން ހިނގައިދިޔަ ގޮތް ލިޔެކިޔުމުން ފޮނުވައިދިނުމަށް އެލްޖީއޭއިން ވަނީ އެދިފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަރަކާތްތެރިވި ކައުންސިލަރުންގެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބަލަން ފަށައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރައްވައިގެން ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިންޒާރުދީފައި ވަނިކޮށެވެ. ނަޝީދު އެކަނި ވާދަކުރެއްވި ޕްރައިމަރީ ހުއްުޓުވުމަށްޓަކައި ފުލުހުން ސިވިލް ކޯޓްގެ އަމުރެއް ހޯދައިގެން މަސައްކަތް ކުރި ނަމަވެސް، ޕްރައިމަރީ ހުއްޓުވޭ ގޮތެއް ނުވި އެވެ.

މިމައްސަލައާ ގުޅިގެން އެލްޖޭއިން ވަނީ ކޯޓުގެ އަމުރާ ހިލާފަށް ބައެއް ކައުންސިލްތަކުން އަމަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފަ އެވެ. އެމައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، އެކަން ހިނގާދިޔަ ގޮތް ސާފުކޮށް ލިޔުމަކުން އަންގާދިނުމަށް އެލްޖޭއިން ވަނީ ބުނެފަ އެވެ.  

އެލްޖޭއިން ގއ.ދެއްވަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕްރައިމަރީ ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ދެއްވަދޫ ކައުންސިލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވީ ކައުންސިލްގެ ރައީސް އަހްމަދު ނަޖްމީ އާއި ނައިބު ރައީސް އިބްރާހިމް ތައުފީގް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ލިޔެކިޔުމުން ފޮނުވައިދިނުމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތީޚާބުގައި ކައުންސިލްތަކުން ބައިވެރިވެފައިވާ މައްސަލަ އެލްޖީއޭއިން ބަލަންފަށާފައިވާއިރު، މިޕްރައިމަރީގައި ބައިވެރިވި ބައެއް މީހުން ސަރުކާރުން ވަނީ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ. 

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޭއްވުމަކީ ގާނޫނައި ހިލާފު ކަމެއް ކަމަށާއި، ގާނޫނާއި ހިލާފަށް އިންތިޚާބު ބާއްވައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އިންޒާރު ދިން ނަމަވެސް އެމްޑީޕީން ވަނީ އިންތިޚާބު ބާއްވާފަ އެވެ. އަދި ރައީސް ނަޝިދު ވަނީ ޕްރައިމަރީގައި ވާދަކޮށް އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް