ކ. މާލެ
|
7 ޖޫން 2018 | ބުރާސްފަތި 03:53
ހެންވޭރު އުތުރު ދާއިރާގެ ބައްދަލުވުމުގެ ތެރެއިން
ހެންވޭރު އުތުރު ދާއިރާގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީގެ ކެމްޕެއިން ހަރަކާތް
އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަށް 85 ދާއިރާގައި ފަށަނީ
މެނިފެސްޓޯ ފައިނަލް ކުރުމާއި އެކު ކެމްޕެއިން ހަރަކާތަށް ފެށުމަށް ވަނީ ނިންމާފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާ ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީ އޮފީހުގައި ބޭއްވި ހެންވޭރު އުތުރުގެ ދާއިރާގެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރިޔާސީ އިންތިހާބްގެ ކެމްޕެއިން ހަރަކާތަށް  ކުރިއަށް ގެންދިއުމަށް ދާއިރާތަކުގެ ބައްދަލުވުންތަށް ބާއްވަމުން އަންނަ ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީ ބެހިގެން އަންނަނީ 85 ދާއިރާގެ މައްޗަށެވެ.

"މައިގަނޑު ގޮތެއްގައި ދާއިރާގެ ކެމްޕެއިން 85 ދާއިރާގެ ރަށްތަކުގައި ފެށުމަށްޓަކައި، ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް މިކުރަނީ، އަޅުގަނޑު ހިތަށް އަރަނީ ފުލްކޮށް މުޅި ރާއްޖޭގައި ދެ ދުވަހެއްގެ ތެރޭގައި ކެމްޕެއިން ހިންގާލެވޭނެ ކަމަށް" ރާއްޖެއެމްވީއަށް މައުލޫތު ދެމުން ޝިފާޒް ވިދާޅުވިއެވެ."

ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް އެޕާޓީގެ ޕްރައިމަރީއިން ނިންމާފައިވާކަން ފާހަގަކުރައްވަމުން ޝިފާޒް ވިދާޅުވީ އެ ކެނޑިޑޭޓާއި އެކު ކެމްޕެއިން ހަރަކާތަށް ފަށާގަންނަން ޖެހޭ ކަމަށެވެ. ކެމްޕެއިން ހަރަކާތްތަށް ފަށާއިރު ޕާޓީގެ މެނިފެސްޓޯ ނިންމަން ޖެހޭ ކަށާއި، މެނިފެސްޓޯ ނިންމުމަށްޓަކައި ދާއިރާތަކުގެ ބައްދަލުވުންތަކުގައި ހިއްސާ ކުރަންޖެހޭ މައުލޫމާތު ވެސް ހިއްސާކުރަމުންދާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ދާއިރާތަކުން އިސްނަގައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ދޮރުން ދޮރަން ހިގަން އެޕާޓީން ނިންމާފައިވާއިރު، އެކަމަށް ޓީމްތަށް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ޝިފާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 08:37
ހ މ ޒ
އިބޫ ގައިގައި ރައީސެއް ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އެބަ ހުރި