ކ. މާލެ
|
6 ޖޫން 2018 | ބުދަ 22:43
ުމުރު ދުވަހަށް ޖަލަށް ލައިފައި ހުރި 63 އަހަރުގެ އެލައިސް ޖޯންސަން: މިއީ ހޫރު މާމައެއް
ުމުރު ދުވަހަށް ޖަލަށް ލައިފައި ހުރި 63 އަހަރުގެ އެލައިސް ޖޯންސަން: މިއީ ހޫރު މާމައެއް
ބީބީސީ
ކިމް ކާޑޭޝިއަން
ކިމް ކާޑޭޝަން އެދުނު ގޮތަށް ޓުރަމްޕް ގައިދީއަކު މިނިވަން ކޮށްދެއްވައިފި
ޖަލުގައި އޮތީ ހޫޜު މާމައެއް
ޖަލުގައި އޮންނަތާ 20 އަހަރު ވެއްޖެ
ޖަލަށް ލާފައި ވަނީ އޭނަ ކުރި ފުރަތަމަ ކުށުގެ ސަބަބުން
ކިމް ވަނީ މިދިޔަ ހަފްތާގައި ޓުރަމްޕާ ބައްދަލު ކޮށްފަ

އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި ރިއަލިޓީ ޝޯ "ކީޕް އަޕް ވިތް ކާޑޭޝިއަންސް" ގެ ލީޑް ރޯލެއް ކުޅޭ ކިމް ކާޑޭޝިއަން އެދުނު ގޮތަށް އެމެރިކާގެ ރައީސް ގައިދީއަކަށް މައާފް ދެއްމަމަށް ފަހު ފަހު މިނި ވަން ކުރައްވައިފިއެވެ.

ޓުރަމްޕް މައާފް ދެއްވީ އުމުރު ދުވަހަށް ޖަލަށް ލައިފައި ހުރި 63 އަހަރުގެ މުސްކުޅިއަކަށެވެ. އެލައިސް ޖޯންސަން ޖަލުގައި އޮންނަތާ ވިހި އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޖޯންސަންގެ މައްޗަށް ސާބިތުވި ކުށަކީ ޑުރަގް ވިއްކާ މީހުންނާއި އެ ގަންނަ މީހުންނާއި ދެމެދު ދެކެވޭ މުއާމަލާތް ފޯނު މެދުވެރިކޮށް ކިޔާދިންކަމެވެ. އަދި އޭނައާ ދެކޮޅަށް އުފުލުނު މަސްތުވާތަކެތި ގެންގުޅުމާއި މަނީ ލޯންޑްރިންގެ ދައުވާތައް ވެސް ވަނީ ސާބިތުވެފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާޒީ ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ވަނީ ޕެރޯލްގެ ދަށުން މިނިވަން ނުކުރެވޭނެ ގޮތް ވެސް ހަދާފައެވެ. އެހެން ނަމަވެސް މިހާރު 63 އަހަރު ވެފައިވާ ހޫރު މާމަގެ އަތުގައި އެނޫން އެއްވެސް ކުށުގެ ރިކޯޑެއް ނެތެވެ.

މީޑިއާގައި އަންހެން މީހާގެ ވާހަކަ ވައިގަ ހިފާފާވަނީ  ކިމް ކާޑޭޝަން މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސާ ބައްދަލުކޮށް މި ގައިދީ މިނިވަން ކޮށްދިނުމަށް އެދުމުންނެވެ.

1996 ވަނަ އަހަރު ޑުރަގްއާ ގުޅޭ މައްސަލައެއްގައި ޖޯންސަން ޖަލަށް ލެވުނީ، ޑުރަގް ގުރޫޕްގަ ހިމެނޭ 15 މީހުންނާ އެކުއެވެ.

ޖޯންސަން ވަނީ އޮބާމާ ސަރުކާރުގައި ވެސް ޖަލުން މީހުން މިނިވަން ކުރަން 2014 ވަނަ އަހަރު އުފެއްދި ޕްރޮގްރާމްގެ ހުރިހާ ޝަރުތެއް ވެސް ފުރިހަމަވެފައެވެ. އެހެންނަމަވެސް އޮބާމާގެ ވެރިކަން ނިމުމުގެ އެންމެ ފަހު ދުވަސް ތަކުގައި މިނިވަން ކުރުމުގެ ހުއްދަ ވަނީ ނުލިބިފައެވެ.

އާއިލާއިންނާއި ރައްޓެހިން ބުނީ ޖޯން.ސަން ޖަލުގެ ދުވަސްތައް ހޭދަ ކުރަމުންދަނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށާއި ވަރަށް ގިނަ ޕްރޮގްރާމް ތަކުގައި އަމަލީ ގޮތުން ހިންގާލާފައި އުޅޭ ކަމަށެވެ. އެއާއެކު އޭނަގެ އަޚްލާގު ރަނގަޅު ކަމުން އެތާގެ ގައިދީން ވެސް ޖޯންސަންއަކީ ދެކެނީ ނަމޫނާއެއްގެ ގޮތުގައި ކަމުގައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް