ކ. މާލެ
|
6 ޖޫން 2018 | ބުދަ 22:24
ޓީމުގެ އިތުރުން ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި
ޓީމުގެ އިތުރުން ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި
ގެޓީ އިމޭޖަސް
ގުދުސްގެ މައްސަލަ
އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި
ޓެޑީ ސްޓޭޑިއަމް އަކީ ޔަހޫދީން ފޭރިގަތް އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެއް
މެޗް ހަމަޖެހުނުކަން އިއުލާނުކުރުމާއިއެކު ޢާޖެންޓީނާއަށްދިޔައީ ފާޑުކިޔުން އަމާޒުވަމުން

އާޖެންޓީނާގެ ގައުމީ ޓީމުން އިސްރާއީލާއިއެކު ގުދުސްގައި ކުޅުމަށް ހަމަޖެއްސި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކެންސަލްކުރުމުން ފަލަސްތީނުން އާޖެންޓީނާއަށް މަރުހަބާ ކިޔައިފިއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ ޖިބްރިލް ޖަރްއޫބް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މި ނިންމުމަކީ" ރަނގަޅު މަގަށް" ނިންމި ނިންމުމެއްކަމަށެވެ.

އިސްރާއީލުން އުޅުނީ މެސީއާއި އެހެނިހެން ތަރިން ބޭނުންކޮށްލަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ރަޖްއޫބު ވިދާޅުވީ ފީފާގެ އަސާސްތަކާއި ގަވައިދުގެ ދަށުން އެ ޖަމްއިއްޔާގެ މިނިންމުމަކީ ރަނގަޅު އުސޫލުތަކާއި ގޮތްތައް ކުރިއަރުވައި ސިޔާސީ ކުޅިގަނޑުތަކުގެ ބަދަލުގައި ގައުމުތަކުގެ މެދުގައި ގުޅުން އުފެއްދުންކަމަށް އޮންނަ އޮތުމުގެ އުސޫލުގެ މަތިން  ނިންމާފައިވާ ނިންމުމެއްކަމަށް ދެކޭކަމަށެވެ.

ޖޫން 9 ވަނަ ދުވަހު މެޗް ކުޅެން ހަމަޖެއްސި  ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލް އުފައްދަން ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

އާޖެންޓީނާގެ ސްޓްރައިކަރ އަދި އިޓަލީގެ ޔުވެންޓަސްގެ ތަރި ގޮންޒާލޯ ހިގުއެއިން އީއެސްޕީއެންގައި ބުނެފައިވަނީ އާޖެންޓީނާގެ ފުޓްބޯޅަ ޓީމުން އެންމެ ފަހުން " ރަނގަޅު ނިންމުމެއް އިޚްތިޔާރުކޮށްފި" ކަމަށެވެ. އާޖެންޓީގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބް ރައީސް ހޫގޯ މޮޔާނޯވެސް ވަނީ ހިގުއެންގެ ބަސް ތަކުރާރުކޮށްފައެވެ.

އާޖެންޓީގެ ކުޅިވަރު ވެބްސައިޓެއްކަމަށްވާ މިނުޓޫނޯއިން އަންގާރަދުވަހު ބުނީ ހޮނިހިރު ދުވަހު ގުދުސްގައި ކުޅުމަށް ހަމަޖެހިފައި އޮތް މެޗް ކެންސަލްކުރީ  ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރާއި ކެޕްޓަން ލިއޮނެލް މެސީއަށް އަމާޒުވި ފާޑުކިއުންތަކާއިއެކު ކަމަށެވެ.

މި އަހަރުގެ ވާރލްޑް ކަޕްގެ އެންމެ ވާދަވެރިވާނެ އެއް ޓީމް ކަމަށްވާ އާޖެންޓީނާއިން 1986 ވަަނަ އަހަރުން ފެށިގެން ވާރލްޑްކަޕްގެ ކުރިން ހަތަރު ފަހަރަކު އެކުވެރިކަމުގެ މެޗް ކުޅެފައިވެއެވެ.

އާޖެންޓީނާއިން މެޗް ކެންސަލް ކުރުމުގެ ކުރިން އެގައުމުގެ ޓީމަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް