ކ. މާލެ
|
6 ޖޫން 2018 | ބުދަ 19:29
އިސްރާއީލް ސިފައިން 21 އަހަރުގެ ޒުވާނަކަށް ބަޑިން ހަމަލާދިނީ އޭނާ އޮށްގައު އުކުމުން
އިސްރާއީލް ސިފައިން 21 އަހަރުގެ ޒުވާނަކަށް ބަޑިން ހަމަލާދިނީ އޭނާ އޮށްގައު އުކުމުން
ރޮއިޓަރސް
ފަލަސްތީން - އިސްރާއީލް
ޔަހޫދީ ސިފައިންނަށް އޮށްގަލުން ހަމަލާދިން 21 އަހަރުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
އޭނާގެ ކަރަށް 3 ވަޒަން އަރާފައިވޭ

އިސްރާއީލް ސިފައިންނާއި ދިމާއަށް އޮށްގައު އުކި ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.

ހުޅަނގު އައްސޭރީގެ ނަބީ ސަލާހް އަވަށުގައި ހިނގި މިޙާދިސާގައި އިއްޒުއްދީން ތަމީމީ ނަމަކަށް ކިޔާ މިޒުވާނާ ޝަހީދު ކޮށްލާފައިވަނީ  އޭނާ ހައްޔަރުކުރަން އުޅުމުން ސިފައިން ގަޔަށް އޮއްގައުކުމުން އޭގެ ރައްދުގައި ބަޑި ޖަހައިގެންނެވެ. 

45 މީޓަރު ދުރުން ތަމީމީގެ ގަޔަށް ޖެހި 3 ވަޒަން ވެސް އެރީ އޭނާގެ ކަރަށެވެ. އޭނާގެ ގައިން ލޭ ފައިބަމުން ދިޔައިރު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިއްހީ އޮފިޝަލުން މަސައްކަތް ކުރުމުން އިސްރާއީލް ސިފައިން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެހެން ނަމަވެސް ފަހުން އިސްރާއީލް ސިފައިންގެ ސިއްހީ އޮފިޝަލަކު އޭނާއަށް އެހީވުމަށް ދިޔަތަން ފެނުނު ކަމަށް ބައެއް މީހުން ބުނެއެވެ.

އިސްރާއީލް ސިފައިން ވަނީ މިޙާދިސާ ހިނގިކަން ކަށަވަރު ކޮށްދީފައެވެ. އަދި އެ ޙާދިސާ ތަހުޤީޤު ކުރަމުންދާ ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 

އިސްރާއީލް ސިފައިން ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހަތިޔާރެއް ނެތް އާއްމުންނަށް ބަޑިން ހަމަލާދޭ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނަށް އަމާޒުކޮށް އިސްރާއީލް ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް 119 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ވެސް 21 އަހަރުގެ ޒުވާނަކަށް ބަޑިން ހަމަލާދީ ވަނީ ޝަހީދު ކޮށްލާފައެވެ. ހުކުރު ދުވަހު ޝަހީދު ކޮށްލާފައިވާ ޒުވާނަކީ އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ އަންހެން ނަރުހެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް