ކ. މާލެ
|
14 ޖެނުއަރީ 2017 | ހޮނިހިރު 18:08
ޕްރިންސަސް މާގްރެޓްއާ ސްނޯޑަން ކައިވެނިބައްލަވައިގަތީ 6 މެއި 1960ގައި
ޕްރިންސަސް މާގްރެޓްއާ ސްނޯޑަން ކައިވެނިބައްލަވައިގަތީ 6 މެއި 1960ގައި
ގޫގުލް
އިނގިރޭސި ޝާހީ އާއިލާ
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
 
ޕްރިންސަސް މާގްރެޓްއާ ސްނޯޑަން ކައިވެނިބައްލަވައިގަތީ 6 މެއި 1960ގަ

ޕްރިންސަސް މާގްރެޓްޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑެން އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އާއިލާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

 

ފިލްމް އުފައްދައި އަދި ފޮޓޯގްރާފަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ސްނޯޑަން އަވަހާރަވެފައިވަނީ ހުކުރު ދުވަހު ގޭގައި ކަމަށް އޭނާގެ ފޮޓޯ އެޖެންސީ، ކެމެރާ ޕްރެސްއިން މައުލޫމާތުދެއެވެ.

 

ޕްރިންސަސް މާގްރެޓްއާ ސްނޯޑަން ކައިވެނިބައްލަވައިގަތީ 6 މެއި 1960ގައެވެ. 16 އަހަރަށް ފަހު ދެ ބޭފުޅުން ދުރުވި ނަމަވެސް ވަރި ސާބިތު ކުރީ 1978 ގައެވެ.

 

ބަކިންގހަމް ޕެލަސްއިން ބުނެފައިވަނީ މަރުގެ ޚަބަރު ރާނީއަށް އަންގާފައިވާ ކަމަށެވެ.

 

ބީބީސީން ޝާހީ އާއިލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަރެސްޕޮންޑެންޓް ނިކޮލަސް ވިޗްހެލް ވިދާޅުވީ އޭނާ ސްނޯޑަން އަވަހާރަވުމުން ރާނީ ހުންނެވީ ވަރަށް ހިތާމައިގައި ކަމަށެވެ.

 

ސްނޯޑަން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް