ކ. މާލެ
|
6 ޖޫން 2018 | ބުދަ 15:49
ފުއޭއޯ ފަރުބަދައިން ދަނީ ދޮންވެފައިވާ ހިލަ ފައިބާ ކަޅުދުމާއި އަޅިތައް އަރަމުން
ފުއޭއޯ ފަރުބަދައިން ދަނީ ދޮންވެފައިވާ ހިލަ ފައިބާ ކަޅުދުމާއި އަޅިތައް އަރަމުން
ބީބީސީ
ގުއަޓަމާލާގެ އަލިފާން ފަރުބަދަ
ގުއަޓަމާލާގެ އަލިފާން ފަރުބަދަ ގޮވުން: 200 އެއްހާ މީހުން ގެއްލި 75 މީހުން މަރުވެއްޖެ
ފުއޭއޯ ފަރުބަ ހުންނަނީ ވެރިރަށް ގުއަޓެމާލާގެ ހުޅަނގު ދެކުނުން 40 ވަރަކަށް ކިލޯމީޓަރުގެ ދުރުގައި ހުންނަ
ތަޖުރިބާކާރުން ބުނާ ގޮތުން މިއީ 1974 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ އެންމެ ބޮޑަށް ގޮވި ފަހަރު

ގުއަޓަމާލާގެ ފުއޭޣޯ އަލިފާން ފަރުބަދަ އާދީއްތަ ދުވަހުން ފެށިގެން ގޮވަން ފަށައި މަދުވެގެން 192 މީހުން ގެއްލި 75 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ފަރުބަދައިގެ ކައިރީގައިވާ އަވަށްތައް ވަނީ ފަރުބަދަ އިން ފޭބި އަޅި އާއި ކިސަޑުން ވަޅުލެވިފައެވެ.

އަންގާރަ ދުވަހު ފަރުބަދައިގެ އިތުރު ގޮވުންތައް އައިސް ދޮންވެފައިވާ ހިލަޔާއި ދިޔާ ފައިބަމުންދާތީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ހުއްޓުން އައިސްފައެވެ.

އާދީއްތަ ދުވަހު އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 1.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު 3،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަންޖެހިފައެވެ.

އަންގާރަ ދުވަހުގެ ގޮވުންތައް ވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ. ވޯލްކެނޮލޮޖިސްޓުން ބުނެފައި ވަނީ މި ގޮވުންތަކުގައި 10 ކިލޯމީޓަރ (33،000 ފޫޓް) އަށް އަޅިތައް އަރާފައިވާ ކަމަށެވެ.

އެ ގައުމުގެ ތަޖުރިބާކާރުން ބުނާ ގޮތުން މިއީ 1974 ވަނަ އަހަރަށް ފަހު އެ އަލިފާން ފަރުބަދަ އެންމެ ބޮޑަށް ގޮވި ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް