ކ. މާލެ
|
6 ޖޫން 2018 | ބުދަ 12:18
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
މުހައްމަދު ޝަރުހާން
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފި
ޕްރީ ސްކޫލު ޓީޗަރުންނާއި ކޮލެޖުތަކުގެ ލެކްޗަރަރއިންނަށް ވެސް ކުރިމަތިލެވޭ
12 ކެޓަގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި

ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް އިސްލާހެއް ގެނެސްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއަށް ގެނެވުނު އިސްލާހުގައި ބުނެފައި ވަނީ ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ ތައުލީމު ދެވޭ ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވަރސިޓީތަކުގެ އިތުރުން ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ފަދަ މުއައްސަސާތަކުގެ ތެރެއިން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ތައުލީމީ ދާއިރާއިން ޓީޗަރެއްގެ ގޮތުގައި ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ވުން ހިމެނޭ ކަމަށެވެ.

ކުރިން ޓީޗަރުންގެ ކެޓަގަރީގައި ޕްރީ ސްކޫލްގެ ޓީޗަރުން ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން އަލަށް ގެނައި ބަދަލުގައި ކޮލެޖު ޔުނިވަރސިޓީގެ ޓީޗަރުންނަށް ވެސް ކުރިމަތުލެވޭ ގޮތަށް ވަނީ ހިމަނާފައެވެ.

"ހިޔާ 2018" ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ 12 ކެޓެގަރީއަކުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު 7000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ހާއްސަ ކެޓަގަރީތަކުގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީތަކަށް ވެސް ވަނީ ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން ޖުލައި 31 ގެ ނިޔަލަށް ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ އިރު މިހާރު ވަނީ ފޯމު ބަލައިގަންނަން ފަށާފައެވެ.

ޖުލައި މަހުގެ ނިޔަލަށް ފޯމު ބަލައިގަތުން ވެސް ކުރިއަށްދާނެއެވެ. ފޯމު ބަލައިގަތުން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް