މީގެ ދިހަ ވަރަކަށް އަހަރު ފަހަތަށް ޖެހިލާއިރު ރާއްޖޭގައި މޭކަޕްކޮށްފައި ތިބޭތީ ފެންނަނީ ހަމައެކަނި ފިލްމުތަކުގައި މޭކަޕްކޮށްފައި ތިބޭ ތަރިން އެކަންޏެވެ. މީގެ އިތުރުން ކައިވެނި ޕާޓީއެއް ނުވަތަ އެފަދަ ޚާއްސަ ހަފްލާއަކާ ގުޅިގެން ނޫނީ މޭކަޕްކޮށްފައި ތިބޭ މީހުން މަދުން ނޫނީ ނުފެއެވެ. ނަމަވެސް ފަހަކަށް އައިސް މޭކަޕް ނުކޮށް މަގުމައްޗަށް ނުކުތުމަކީ ގިނަ މީހުން ދެކޭ ގޮތުގައި ހުތުރު ކަމެކެވެ. އެންމެ ތުއްތު ކުއްޖާ އިން ފެށިގެން އެކުއްޖާގެ މާމަ ވެސް މަގުމައްޗަށް ނުކުންނަނީ މޭކަޕް ކޮށްގެންނެވެ. ކޮށްފައި ހުންނަ މޭކަޕުން މޫނުގެ ކުލަ އާއި ފައިތިލައިގެ ކުލަ ދިމާ ނުވެއެވެ. އެއްކޮށް ހިނގާފައިދާއިރު ދަރިފުޅާ މަންމަ ވަކި ނުވާ ވަރަށް ފައުންޑޭޝަން އުނގުޅާ ހުދުކޮށްގެންނެވެ.
މޭކަޕް ކުރުމަށް އެހާ މުހިއްމު ކަމެއް ދޭއިރު އެ މޭކަޕް ނުފިލުވާ ނިދުން ވަނީ އަހަރުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކަށް ވެފައެވެ.
މޭކަޕް ނުފިލުވައި ނިދުން އާންމު ކަމަކަށް ހެދުމުން ދެން ވާނެ ގޮތް އެނގޭ ހެއްޔެވެ؟
މޭކަޕް ނުފިލުވައި ނިދުމުން ދިމާވެދާނެ ތަފާތު މައްސަލަތަކަށް ބަލައިލާނަމެވެ.
އައިލައިނާ ނުފިލުވައި ނިދުމުގެ ސަބަބުން ލޯ ކެހުމާއި ރަތްވެ އަދި އިންފެކްޝަން އުފެދޭ ގޮތް ދިމާވެއެވެ.
ފައުންޑޭޝަން ނުފިލުވައި ނިދުމުން ހަންގަނޑު ކުރަކިވެ ހަންގަޑުގައި ބިހިނެގުން އިތުރުވެގެން ދެއެވެ. އަދި ހަންގަނޑު ޑްރައިވެ ހަންގަނޑުގައި ރޫޖެހުމުގެ ސަބަބުން ހަންގނޑު އަވަހަށް މުސްކުޅިވާ ގޮތް ވެއެވެ.
އައި ޝެޑޯ ނުފިލުވައި ނިދުމުގެ ސަބަބުން ލޮލުގެ ބޮނޑިމަތީ ހަންގަނޑު ދުޅަވެ ބައެއް ފަހަރު އިންފެކްޝަން އުފެދެއެވެ.
މަސްކަރާ ނުފިލުވައި ނިދުމުން އެސްޕިޔަތައް ހަލާކުވުން އެސްފިޔަ ވެރޭލެއް އަވަސްވެއެވެ.
މީގެ އިތުރުން ލިޕްސްޓިކް ނުފިލުވައި ނިދުމުން ތުންފަތް ހިކުމާއި ތުންފަތް ފަޅައިގެން ދާގޮތް މެދުވެރި ވެއެވެ
މޭކަޕް ކުރަން ސަމާލުކަން ދޭ ގޮތަށް މޭކަޕް ރިމޫވާއެއް ބޭނުންކޮށްގެން މޭކަޕް ފިލުމަށް ވެސް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެވެ.