ކ. މާލެ
|
6 ޖޫން 2018 | ބުދަ 10:54
ބައެއް ފަރާތްތަކަށް ޖިނާއީ ދައުވާ އުފުލަންޖެހިދާނެ ކަމަށް އަބާދީ ވަނީ ވިދާޅުވެފައި
ބައެއް ފަރާތްތަކަށް ޖިނާއީ ދައުވާ އުފުލަންޖެހިދާނެ ކަމަށް އަބާދީ ވަނީ ވިދާޅުވެފައި
އަނަދޮލޫ
އިރާގުގެ އިންތިޚާބު
އިރާގުގެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ގައުމުން ބޭރަށް ފުރުން މަނާކޮށްފި
އަބާދީގެ އަލް ނަސްރު ކޯލިޝަނަށް އިންތިޚާބުގައި ލިބުނީ 42 ގޮނޑި
އިންތިޚާބު ބާއްވާފައިވަނީ މެއި މަހުގެ 12 ވަނަދުވަހު

އިރާގުގައި މިދިޔަ މަހު ބޭއްވި އާއްމު އިންތިޚާބުގައި "ނުރައްކާތެރި އޮޅުވާލުންތަކެއް" ހިންގާފައިވާ ކަމަށް ބުނެ އެ ގައުމުގެ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުގެ މަތީ ފަންތީގެ އެއްވެސް މެމްބަރަކު ގައުމުން ބޭރަށް ފުރުން އެ ގައުމުގެ ބޮޑުވަޒީރު މަނާކުރައްވައިފިއެވެ.

އެންމެން ހީކުރި ގޮތާ ޚލާފަށް ޝީއީ ލީޑަރު މުގްތަދާ އަލް ސަދްރުގެ ސައިރޫން ކޯލިޝަނުން ވަނީ، ތެލުގެ ގޮތުން މުއްސަނދި އެހެން ނަމަވެސް ފަގީރު އިރާގުގައި ކޮރަޕްޝަނާއި ދެކޮޅު ކާމިޔާބު ކެމްޕޭނެއް ހިންގުމަށް ފަހު ގާނޫނު ހަދާ މަޖިލީހުގެ 328 ގޮނޑީގެ ތެރެއިން 54 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވީ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން އިލެކްޓްރޯނިކް ވޯޓް ކައުންޓިންގ ސިސްޓަމް ބޭނުންކޮށްފައި ވަނީ މައްސަލައެއް އުޅޭތޯ ކުރިއާލައި ބެލުމަށް ފަހު ނޫން ކަމަށެވެ. އަދި ބައެއް ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލަން ޖެހިދާނެ ކަމަށް ވެސް ވަނީ ވިދާޅުފައެވެ.

އަބާދީގެ އަލް ނަސްރު ކޯލިޝަނަށް އިންތިޚާބުގައި 42 ގޮނޑި ލިބިފައިވާއިރު އެއީ ތިންވަނައަށް ދިޔަ ކޯލިޝަނެވެ.

"ފެށިއިރު ވެސް އަޅުގަނޑު ދެންނެވިން ހިނގާށޭ ކުރިޔަށް ދާން ދޫކޮށްލަން... ގާނޫނާއި ޚިލާފްކަން ވެސް ކޮމިޝަނުން އަމިއްލައަށް ހައްލުކުރުމަށް ފުރުސަތުދޭން. މިތަނާއި އެހެން ތަންތަނާއި.. ކޮންމެ އިންތިޚާބެއްގައި ވެސް ހުންނާނެ މައްސަލަތައް,"

އަބާދީ ވިދާޅުވީ ސަރުކާރަށް ހުށަހަޅާފައިވާ ރިޕޯޓްގައި ވަނީ ވޯޓުގެ ބައެއް އަލުން ގުނުމަށާއި ބޭރު ގައުމުތަކުގައި ބެހެއްޓި ފޮށިތަކާއި އެކި ސަރަހައްދުތަކަށް ބެހިފައި ތިބި މީހުގެ ވޯޓްތައް ނުގުނުމަށް ކަމަށެވެ.

ކޮމިޝަނުން ވަނީ 53،000 ފޮށްޓަކަށް ލާފައިވާ 1،021 ވޯޓެއް މިދިޔަ ބުދަ ދުވަހު ބާތިލްކޮށްފައެވެ. އަދި އިންތިޚާބުގައި ގާނޫނާ ޚިލާފް ކަންކަން ހިންގި މީހުން ޒިންމާދާރު ކުރުވުމަށްޓަކައި ތަހުގީގެއް ފަށާފައެވެ.

ބޮޑުވަޒީރު އަބާދީ ވިދާޅުވީ ގާނޫނާ ޚިލާފް ކަންކަން ބައެއް ކެނޑިޑޭޓުން ހިންގާފައި ހުރި ނަމަވެސް ބޮޑު ޒިންމާއެއް ނަގަންޖެހެނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އައިއެސްގެ ނަމުގައި ހަނގުރާމަކުރި ޖަމާއަތް ބަލިކުރުމަށް ފަހު ބޭއްވި މި އިންތިޚާބުގައި، އެ ގައުމުގެ އެތެރޭގައި ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާ ތިން މިލިއަނެއްހާ މީހުންގެ ތެރެއިން ވޯޓް ލާފައި ވަނީ އެންމެ 285،000 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް