ކ. މާލެ
|
6 ޖޫން 2018 | ބުދަ 10:56
އާލިއާ ބަޓް
އާލިއާ ބަޓް
ބޮލީވުޑް ހަންގާމާ
ބޮލީވުޑް
އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟
 
ތާޒާކަން ލިބި އިތުރަށް ކުރިއަށް ދެވޭ
 
ހިތްހަމަ ޖެހުމާއި މަޖާ ކަން ގެނުވައިދޭ ފަރާތަކީ ކަރަން

ބޮލީވުޑް އެކްޓްރެސް އާލިއާ ބަޓަށް ކޮންމެ ކަމަކާ ގުޅިގެން ވެސް ވާހަކަދައްކައި މަޝްވަރާ ކޮށްލެވޭ މީހަކީ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ކަމަށް އޭނާ ބުނެފިއެވެ.

އާލިއާ ބުނެފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮޕެޝަނަލް ލައިފް އަދި ދިރިއުޅުމުގައި ދިމާވާ އެކިއެކި ހާލަތްތަކުގައާއި ކަންކަމާ ހިތްހަމަނުޖެހޭ ވަގުތުތަކުގައި ވެސް އެމީހަކާ ވާހަކަ ދެއްކުމުން އޭނާގެ ފަރާތުން ހިތްހަމަޖެހުމާއި މަޖާކަން ގެނުވައިދޭ ފަރާތަކީ ކަރަން ކަމަށެވެ.

ކަރަންއާ ވާހަކަ ދެއްކުމުން އޭނާއަށް ތާޒާކަން ލިބި އިތުރަށް ކުރިއަށް ދެވޭ ކަމަށް އާލިޔާ ވަނީ ބުނެފައެވެ.

އާލިޔާ ފިލްމީ ދާއިރާއަށް ނެރެދީފައި ވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ.

އާލިޔާގެ އެންމެ ފަހުން ރިލީޒްކުރި ފިލްމް "ރާޒީ" ގެ ޕްރޮޑިއުސަރަކީ ވެސް ކަރަން ޖޯހަރެވެ. މިދިޔަ މޭމަހު ރިލީޒްކުރި މި ފިލްމަށް ލިބުނު އާމްދަނީ މިހާރު ވަނީ 120 ކްރޯޑް ރުޕީސް އަށް އަރާފައެވެ.

ރާޒީގައި އާލިއާ ދައްކުވައިދޭ އެކްޓިންއަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް