ކ. މާލެ
|
6 ޖޫން 2018 | ބުދަ 10:48
ނިޔާމަ ބޯޓް
ނިޔާމަ ބޯޓް
ޕޮލިސް
ބޯޓެއް ފަރަށް އެރުން
ތ. ގުރައިދޫ ނެރު މައްޗަށް ބޯޓެއް އުރިއްޖެ
މިހާދިސާ ހިނގީ ހެނދުނު 06:00 ހާއިރު
ބޯޓުގައި 11 މީހުން ތިބި
ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ތ. ގުރައިދޫ ނެރު މައްޗަށް ބޯޓެއް އެރުމުން އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކަމަށެވެ. ގުރައިދޫގެ ނެރުމައްޗަށް އަރާފައި ވަނީ ގދ. ތިނަދޫ ނިޔާމަ ބޯޓެވެ. ފުލުހުން ދަނީ މިބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބޯޓު ފުން ކުރުމުގައި އެމްއެންޑީއެފް އިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ މާލެއިން ފުރައިގެން ތ.ގުރައިދޫ އަށް ދަތުރު ކުރި ބޯޓެކެވެ.

މި ބޯޓުގައި ޖުމްލަ ތިން ދިވެހިންނާއި އަށް ބިދޭސީން ތިބި ކަމަށް ފުލުހުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ބޯޓު ފަހަރު ފަރަށް އެރުމަކީ މޫސުން ގޯސްވާ ދުވަސްވަރުގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. މިފަދަ ހާދިސާތަކަށް ސަމާލުވުމަށް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ދަތުރު ފަތުރު ކުރައްވާ ފަރާތްތަކަށް އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް