ކ. މާލެ
|
6 ޖޫން 2018 | ބުދަ 03:52
ޝަރީފް ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 2015 ގައި
ޝަރީފް ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 2015 ގައި
މުހައްމަދު ޝަރުހާން
މިސްރުގެ ރިޔާސީ އިންތިޚާބު
ސީސީ ރައީސް ކަމުގެ ހުވާކުރެއްވުމާއިއެކު މިސްރުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި
އާ ރައީސް ހުވާކުރެއްވުމުން ބޮޑުވަޒީރު އިސްތިއުފާ ދެެއްވުމަކީ އެ ގައުމުގެ ސަގާފަތެއް
ރައީސް ސީސީއާއި ޝަރީފްއަކީ އަރިސް ދެ ބޭފުޅުން

މިސްރުގެ ބޮޑުވަޒީރު އިސްމާއިލް ޝަރީފް މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އަބްދުލް ފައްތާހު އަލް ސީސީއަށް ސިޓީ ހުށަހަޅުއްވައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ރިޕޯޓްކޮށްފިއެވެ.

ޝަރީފްގެ މި އިސްތިއުފާއަކީ އައު ރައީސަކު ހުވާކުރައްވައި ރިޔާސީ އާ ދައުރެއް ފެށޭއިރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމް ދޫކޮށްލުމަށް އެގައުގައި އޮންނަ ސަގާފަތުގެ ދަށުން ކުރައްވާފައިވާކަމެކެވެ.

ހަތަރު އަހަރުގެ ދެވަނަ ދައުރަކަށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ސީސީ ހުވާކުރައްވާފައިވަނީ ހޮނިހިރު ދުވަހުއެވެ.

ބޮޑުވަޒީރުގެ އިސްތިއުފާއަކީ ވަޒީރުންގެ މަޖިލީސް އަލުން އެކުލަވާލެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުގެ ހައްގު ރައީސްއަށް ލިބިވަޑައިގަންނަވައެވެ.

އުމުރުފުޅުން 62 އަހަރުފުޅުގެ ޝަރީފް ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 2015 ގައެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން 2013 ވަނަ އަހަރުންފެށިގެން 2015 ވަނަ އަހަރަށް އެ މަނިކުފާނު ހުންނެވީ މިނިސްޓަރ އޮފް ޕެޓްރޯލިއަމް އެންޑް މިނެރަލް ރިސޯސަސްގެ މަގާމުގައެވެ.

ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެން 2017 ވަނަ އަހަރު ނޮވެމްބަރު މަހު ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެ މަނިކުފާނު ގައުމަށް އެނބުރި ވަޑައިގެންފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އާލާސްކަންފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.

ބޮޑުވަޒީރުގެ އިސްތިއުފާ ރިޔާސީ ތަރުޖަމާނު ބައްސާމަ ރާދީވެސްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް