ކ. މާލެ
|
6 ޖޫން 2018 | ބުދަ 04:12
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި
ބީބީސީ
ގުުދުސްގެ މައްސަލަ
އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި
ޓެޑީ ސްޓޭޑިއަމް އަކީ ޔަހޫދީން ފޭރިގަތް އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެއް

އާޖެންޓީނާގެ ގައުމީ ޓީމުން އިސްރާއީލާއިއެކު ގުދުސްގައި ކުޅުމަށް ހަމަޖެއްސި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކެންސަލްކޮށްފިކަމަށް އާޖެންޓީނާގެ ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.

އާޖެންޓީގެ ކުޅިވަރު ވެބްސައިޓެއްކަމަށްވާ މިނުޓޫނޯއިން އަންގާރަދުވަހު ބުނީ ހޮނިހިރު ދުވަހު ގުދުސްގައި ކުޅުމަށް ހަމަޖެހިފައި އޮތް މެޗް ކެންސަލްކުރީ  ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރާއި ކެޕްޓަން ލިއޮނެލް މެސީއަށް އަމާޒުވި ފާޑުކިއުންތަކާއިއެކު ކަމަށެވެ.

މި އަހަރުގެ ވާރލްޑް ކަޕްގެ އެންމެ ވާދަވެރިވާނެ އެއް ޓީމް ކަމަށްވާ އާޖެންޓީނާއިން 1986 ވަަނަ އަހަރުން ފެށިގެން ވާރލްޑްކަޕްގެ ކުރިން ހަތަރު ފަހަރަކު އެކުވެރިކަމުގެ މެޗް ކުޅެފައިވެއެވެ.

ޖޫން 9 ވަނަ ދުވަހު މެޗް ކުޅެން ހަމަޖެއްސި  ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލް އުފައްދަން ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މެޗާއި ބެހޭގޮތުން މި ދިމާވި ކަންތަކާިއ ގުޅިގެން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާޖެންޓީނާގެ ބޮޑުވަޒީރު މައުރީޝިއޯ މަކްރީއަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާނެއެވެ.

އާޖެންޓީނާގައި ހުންނަވާ ފަލަސްތީގެ ސަފީރު ހުސްނީ އަބްދުލް ވާހިދުވެސް ވަނީ އެ މެޗް އެތަނުގައި ކުޅުމާއިމެދު އޭނާ ދެކޮޅުހައްދަވާކަން ހާމަކުރައްވާފައެވެ.

"މި މެޗް އަޅުގަނޑުމެންނަށްވާނީ މަލްވިނާސް އަޅުވެތިކުރުމުން އުފާފާޅުކުރުންފަދަ ކަމަކަށް..." ފޯކްލޭންޑް އައިލެންޑްސްއަށް އިޝާރާތްކުރައްވައި ރޭޑިއޯ ކޯޕަރޭޓިވާގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ފަލަސްތީނުގެ ފުޓުބޯޅައިގެ މައި އިދާރާގެ ވެރިޔާ ޖިބްރީލް ރަޖްޢޫބް ވަނީ އާޖެންޓީނާގެ ފުޓުބޯޅައި އިދާރާގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ އިދާރާތަކުގެ ޖަމްއިއްޔާ އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއަށްވެސް ސިޓީ ފޮނުވައި އިސްރާއީލާއި ދެކޮޅަށް އާޖެންޓީނާއިން ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗް ޤުދުސްގައި ނުކުޅުމަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވެފައިވަނީ ޖޫން 9 ވަނަ ދުވަހު ޤުދުސްގައި މެޗް  ކުޅެން ނިންމައި، އިސްރާއީލުން މެޗް ސިޔާސީ ކޮށްފައިވާކަމަށެވެ.މި މެޗް ޤުދުސްގައި ކުޅެފިނަމަ އާޖެންޓީނާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓޭނެކަމަށާއމީގެ އިތުރުން އިސްރާއީލުން މަސައްކަތްކުރަނީ ޤުދުސްއަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އާޖެންޓީނާގެ ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަން ކަމަށް އޭނާ ވަނީ ތުހުމަތުކުރެއްވާފައެވެ.

ޤުދުސްގެ ޓެޑީ ސްޓޭޑިއަމްގައި އާޖެންޓީނާ އާއި އިސްރާއީލް  ކުޅެން ނިންމި، މިމެޗްގެ ޓިކެޓް ހޯދަން 6 ލައްކަ ސަޕޯޓަރުން ބޭނުންވިކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ. އެހެން ނަމަވެސް ޓެޑީ ސްޓޭޑިއަމްގައި ހުންނަނީ 31733 މީހުންގެ ޖާގައެވެ.

މިމެޗަކީ ވާރލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗެކެވެ. ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވި ނަމަވެސް، އިސްރާއީލުން ވާރލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް