ކ. މާލެ
|
6 ޖޫން 2018 | ބުދަ 01:48
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މުހައްމަދު ޝަރުހާން
ނިހާން އިންޑިއާއިން ބޭރުކުރުން
އިންތި ނިހާންއަށް: މިހާރު އަސަރު ކުރޭތޯ؟
ނޭރޭނެކަން ކުރިން އެންގުމަކާއި ނުލައި އިންޑިއާއަށް ދިޔުމަށްފަހު ޑީޕޯޓްކޮށްލުމުން ނިހާން ނުރުހުން ފާޅު ކުރެއްވި
ދިވެހިން ފުރިޔަނުދީ ގެޔަށް ފޮނުވާލަމުން ގެންދަނީ ކުރިން އެންގުމަށް ޤާނޫނުން ލާޒިމްކޮށްފައިވާއިރުވެސް، އެންގުމަކާ ނުލައި

ކުރިން އެންގުމަކާ ނުލައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެެރުނަ ނުދީ އެޤައުމުން ބޭރުކުރުމުން އެކަމާއި ނިހާން ނުރުހުން ފާޅުކުރެއްވުމުން ގިނަ ބަޔަކު ނިހާންއަށް ފާޑުކިޔަމުން އެބަދެއެވެ.

ނިޙާންއަށް އިންޑިއާއަށް ނޭރުނު ސަބަބު ހަމާކޮށް، ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހޮޓެލް ޖެންގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއަށް ނޭރޭނެކަން ކުރިން އެންގުމަކާއި ނުލައި އިންޑިއާއަށް ދިޔުމަށްފަހު ޑީޕޯޓްކޮށްލުމުން ނިހާން ނުރުހުން ފާޅު ކުރެއްވިއިރު، ދިވެހި އެއަރޕޯޓުން ދިވެހިން ފުރިޔަނުދީ ގެޔަށް ފޮނުވާލަމުން ގެންދަނީ ކުރިން އެންގުމަށް ޤާނޫނުން ލާޒިމްކޮށްފައިވާއިރުވެސް، އެންގުމަކާ ނުލައިކަމަށެވެ. 

އަދި މިހާރު އަސަރުކުރޭތޯ ނިހާންއާއި އިންތި ސުވާލު ކުރެއްވިއެވެ. 

 

ނިހާންއަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ނިހާން "އަނެއް އިމިގްރޭޝަން އޮފިސަރގެ މޫނަށް ކުޅުޖެހީބާ"އޭ  ވިދާޅުވެ ސުވާލު ކުރައްވާފައެވެ. ރޮޒައިނާ އިޝާރާތްކުރައްވާފައިވަނީ އޭނާގެ މޫނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ނިހާން އަނގައިގައި ހުރި ފެން ބުރުވާލި ޙާދިސާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 03:57
ގާދިރު
ނިހާނައްމިހާރުޓެރަރިސްތުންނަކީކޮބައިކަންއެނގިފަވާނެކަމައްހީކުރަން
6 ޖޫން 2018 | ބުދަ 05:41
ހެއްރަބެ
ބްލެކްލިސްޓް ކޮށްފައިވާ ޓެރަރިސްޓުން އިންޑިއާއައް އެތެރެވިޔަކަނުދޭނެކަން ޑަބަލް އިއްޒަތްތެރި މެމްބަރު ނިހާނަށް ނޭގުނީތީ ހިތާމަކުރަން!!!!އ
5 ޖޫން 2018 | އަންގާރަ 21:19
Laki
ahlakin beyrukohli