ކ. މާލެ
|
6 ޖޫން 2018 | ބުދަ 01:56
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު
ރާއްޖެ އެމްވީ
އަހުމަދު ނިހާން
އަޅުގަނޑަށް ކޮންމެހެން މުހިއްމެން ނޫން އިންޑިއާއަށް ދިއުމެއް: ނިހާން
އެރިޔަ ނުދީ ބޭރުކޮށްލީ ކޮން ސަބަބަކާއި ހުރެކަން އަދިއަދަށް ދަންދެންވެސް ސާފު ނުވާކަމަށް ވިދާޅުވި

އިންޑިއާއަށް ދިއުން އެބޭފުޅާއަށް ކޮންމެހެން މުހިއްމު ނޫން ކަމަށާއި އިންޑިއާ އޮތީ ލިސްޓްގެ ވަރަށް ފަހަތުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗެންނާއީއަށް އެތެރެ ވިޔަ ނުދީ އަނބުރާ ފޮނުވާލެއްވި މައްސަލައާއި ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެން ސަރަހައްދުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، އޭނާ އެގައުމަށް އެތެރެވިޔަ ނުދީ ބޭރުކޮށްލުމަކީ އިދިކޮޅު ފަރާތްތަކަށް މަޖާ ކަމަކަށް ވެދާނެ ކަމަށާއި، އެކަމުގެ އުފަލުގައި ބަޔަކު ރޯދަވެސް ނުވީއްލާ އުޅޭ ކަމަށެވެ.

ނިހާން ވިދާޅުވީ، މީ އެކަނި އޭނާ އަށް ދިމާވިކަމެއް ނޫން ކަމަށާއި އެއީ މުޅި ދިވެހިރާއްޖެއާއި ގުޅުން ހުރި ކަމެއް ކަމަށެވެ.

"އަޅުގަނޑު ނިސްބަތުން މީގައި މުހިއްމެއް ނޫން މި މުހިއްމު ވަނީ ދިވެހިރާއްޖެއަށް. އެހެން ގައުމަކުން ރާއްޖެއަށް ޖެއްސުމެއް ކޮށްފިއްޔާ އެކަތި ގަނޑަކަށް ވެވޭ މިންވަރު މި ފެންނަނީ" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އިންޑިއާގެ ޗެންނާއީއަށް އޭނާ އެރިޔަ ނުދީ ބޭރުކޮށްލީ ކޮން ސަބަބަކާއި ހުރެކަން އަދިއަދަށް ދާންދެން ވެސް ސާފު ނުވާ ކަމަށާއި، އެކަން ސާފު ކުރުމަށް މަސައްކަތް ކުރައްވާ އެވާހަކަ ދެއްކުން ހުއްޓާ ނުލައްވާ ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާއި އެކު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، އޭނާއަށް އިންޑިއާއަށް ނޭރުން އެއީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު އެއީ ކިހިނެއް ވެގެން އުޅޭކަމެއް ތޯ ސާފުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުގެ ކޭސް މި ނިމުނީ، އަޅުގަނޑަކަށް މުހިއްމެއް ނޫން އިންޑިއާއަށް ދިއުމެއް. ހަމަގައިމު ވެސް އަޅުގަނޑުގެ ދެރަވާނެ ލިސްޓްގެ އެންމެ ފަހަތުގައި ކަންނޭނގެ އިންޑިއާ އޮތީ" ނިހާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އިންޑިއާއަށް ވަޑައިގަތުމުން، އެޤައުމަށް ނާރުވައި، ބޭރުކޮށްލީ އަންގާރަ ދުވަހުއެވެ.

ނިހާން އެގައުމަށް އެތެރެ ވިޔަ ނުދީ ބޭރުކޮށްލި މައްސަލައާއި ގުޅޭގޮތުން އިންޑިއާއި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
6 ޖޫން 2018 | ބުދަ 11:14
ކޮންވައްތަރެެއް
މުހިންމު ނޫންވީމާ ދޯ ސައިނަސްއަށް ފަރުވާ ހޯދަން އަބަދު އިންޑިއާއަށް ދަނީ
5 ޖޫން 2018 | އަންގާރަ 22:17
ކެޔޮދޮން
ނިޙާންއަށް އިންޑިއާ އެހާ މުހިންމެއް ނޫން އަދި އޮތީ ލިސްޓުގެ ވަރަށް ފަހަތުގައި. އިންޑިއާއަށް އެއްވެސް ވަރަކަށް ނިހާން މުހިންމެއް ނޫން އަދި ލިސްޓުގައި ނުވެސް ނެތް
5 ޖޫން 2018 | އަންގާރަ 19:13
އިންޑިއާ
ލިސްޓްގެ ފަހަތުގަ އޮތީމަތާ އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ތި ދިޔައީ!!!