ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 23:16
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - އޭނާ އިންޑިއާއަށް އެރިޔަނުދީ ވަނީ ބޭރުކޮށްލާފައި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު - އޭނާ އިންޑިއާއަށް އެރިޔަނުދީ ވަނީ ބޭރުކޮށްލާފައި
ރާއްޖެއެމްވީ
ރާއްޖެ - އިންޑިއާ
އިންޑިއާއަކީ ބުލީކުރާ ޤައުމެއް: ނިހާން
އިންޑިއާއިން ވަނީ އަޅުގަނޑަށް ބުލީކޮށްފައިކަމަށް ނިހާން ވިދާޅުވި
ޑީޕޯޓްކޮށްލިިކަން ނުވަތަ ނޫންކަންވެސް އިންޑިއާއިން އަންގާފައެއް ނުވޭ
ޕީޕީއެމްގެ މެމްބަރުނާއިމެދު ވަކިން ފިޔަވަޅުތަކެއް އަޅާނަމަ އެކަން އަންގަންޖެހޭ

އިންޑިއާއިން އޭނާއަށް ބުލީކޮށްފައިވާކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އަވަށްޓެރި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސައިނަސް ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުން، އެ ޤައުމަށް އެރިޔަ ނުދީ އަނބުރާ ފޮނުވާލުމާއި ގުޅިިގެން ހޮޓަލް ޖެން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އިންޑިއާއަށް އެރިޔަނުދީ ވަރަށް ގިނައިރު ވަންދެން އެ ޤައުމުގެ އިމިޤްރޭޝަނުން ހިފެހެއްޓިކަމަށާއި، ރައްޔިތުންގެ މަޖިލީހުުގެ މެމްބަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން އިތުރު ހަތަރު ގަޑިއިރު ހިފެހެއްޓިކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރެއްކަން އެނގުމުން އިތުރު ހުރަސްތައް އިންޑިއާގެ އިމިޤްރޭޝަނުން ކުރިމަތިކުރިވިކަމަށެވެ.

ނިހާން ވިދާޅުވީ ހަތަރުވަރަކަށް ގަޑިއިރު އެއާޕޯޓްގައި ހިފެހެއްޓުމަށްފަހު އަނބުރާ ފޮނުވާލިއިރު އެ ޤައުމުގެ އިމިޤްރޭޝަނުން ތިން ލިޔުމެއް ގެންގުޅުނު އެވެ. އަދި އެއާލައިންގެ އެޖެންޓުގެ އަތުގައިވެސް ލިޔުމެއް އޮތްކަމަށާއި، ނަމަވެސް ޑީޕޯޓްކޮށްލިކަމެއް ނުވަތަ ނޫންކަމެއް އަންގާފައިނުވާކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިގޮތަށް އިންޑިއާއަށް އެތެރެވުން މަނާކޮށްފި ކަމުގައިވާނަމަ އެ ވެގެން އުޅޭކަމުގެ މައުލޫމާތު މި ޤައުމަށްވެސް އެގެންޖެހޭ. މި ކަންތައްތައް މި ކުރަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހާއްސަކޮށް ޕާލިމެންޓް މެމްބަރުންނަށް، އަޅުގަނޑު މިހެން މި ދަންނަވަން ޖެހުނީ އަޅުގަނޑު މަސައްކަތްކުރަނީ ކޮން ޕާޓީއެއްގައިތޯ ސުވާލުކުރީމަ، ޕީޕީއެމްއޭ ބުނި ހިސާބުން އިރުކޮޅަކު މަޑުކޮށްފައި، އަދި އިތުރު ވަގުތުކޮޮޅެއްވެސް މަޑުކޮށްފައި އަޅުގަނޑު ދިޔައީ އިތުރު މައުލޫމާތު ސާފުކުރަން، ދިޔައީމަ ކުޑަ ވަރެއްގެ ކޮޓަރިއެއްގައި ބައިންދާފައި އެއްވެސް އެކްސްޕްލެނޭޝަނެއް ނުދީ ފުރައިގެން އަންނަންޖެހުނީ"

ނިހާން ވިދާޅުވީ އިންޑިއާއަށް އެރިޔަ ނުދީ ބޭރުކޮށްލިއިރު، ބޭރުކޮށްލި ސަބަބެއް އެ ޤައުމުގެ އިމިޤްރޭޝަނުން ބުނެދީފައެއް ނުވެ އެވެ. އަދި އިންޑިއާއިން ކުރި ކަންތައްތަކަކީ ބުލީކުރުމުގެ ކަންތައްތަކެއް ކަމަށާއި، ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއިިި މެދު އިންޑިއާއިން ތަފާތުކުރުންތަކެއް ގެންގުޅޭކަމަށްވާނަމަ އެކަން އަންގަންޖެހޭކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިންޑިއާއިން ކުރާކަމަކީ ރާއްޖޭގެ މިވަގުތުގައި އޮތް ސަރުކާރާއިމެދު ހިތްހަމަ ނުޖހެިގެންކުރާކަމެއް ކަމުގައިވާނަމަ އެކަން ކުރުމުގެ ޤާބިިލްކަން އިންޑިއާގައި އޮންނަންޖެހޭ ކަމަށެވެ.

ނިހާންއަކީ މީގެ ކުރިން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ނިހާން ހުންނެވިއިރު ވެސް އިންޑިއާއަށް ފާޑުވިދާޅުވެގެން ނިހާންއަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި އިންޑިއާގެ ޖީއެމްއާރް ރާއްޖެއިން ބޭރުކޮށްލުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނިޙާންއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
6 ޖޫން 2018 | ބުދަ 05:25
ވަޓަބަރަނީ
ކޮބާ ކަލޯ ފިލާވަޅެއް ލިބިއްޖެ ދޯ އަދި ކުރިޔަށް ހާދަހާ ފިލާވަޅުތަކެއް އެބަހުއްޓޭ
6 ޖޫން 2018 | ބުދަ 00:34
ސަރާސަރު
ނިހާނޫ ކަރުގަ މަޑުމަޑުން ހިތިރަހަލާން ފަށާއިފިދޯ. ވިސްނާލަބަލަ ހާދަހާ ގިނަ މީހުންގެ ބަދުދުއާއެކޭ މިއިޖާބަވެގެންދަނީ. މަގޭ ބައްޕަނިޔާވެގެން މާލެ ޖަލުގަ ބައިންދާފަ އިން ދަރި ޖެހިގެން ހުރި އާސަހަރާއާއި ހަމައަށް ނުގެނެސްދިން އާދޭސް ކޮށް ރޮއެހެދީމަވެސް. މީ މި ގައުމުގަ އަހަރެމެންގެ ހާލު ތިއަނިޔާވެރިކަމުގެ ކޮންމެ މީހަކަށް ދެރަގޮތްވޭތޯ ހާދަދުއާއެއް ﷲގެ ޙަޒުރަތުގަ އަނިޔާލިބޭމީހުން އެބަ ކުރެޔޭ ވިސްނާލަބަލަ މިވަމުންދާގޮތަށް. އަނިޔާ ވެރިވި ކޮންމެ މީހަކަށް ﷲ މިންވަރުކުރައްވާގޮތް. އަރީފަކަސް، ރިޔާޒަކަސް، މައުމޫނަކަސް، އަބްދުﷲސައީދަކަސް، އަލީ ހަމީދަކަސް މިންވަރުފުޅުން އެ ނިންމަވާ ނިންމެވުން. އަދި ކަލެޔާ ހަލީލުމެން ފަދަ މީހުން ތިތިބެނީ އޭގެވެސް އެންމެ ނުބައި ރޯލު ކުޅެން. އަނިޔާވެރިވެފަ ހީ މަލާމާތް ކޮށްފަ ބޭނުން އެއްޗެކޭ ހަދާނީ ކިޔާލަ ކިޔާލަ. މިއަދު އަހަރެމެންނަށް ނެތް ކުރެވޭނެ މާ ބޮޑުކަމެއް. ދަންނަވަންވާ ފަރާތުގަ ދެންނެވުން ފިޔަވާ. އެނގޭހައިވެސް ކަމަކީ އައްސަވާނެކަން. ކޮން ވަގުތަކު ކަން ނޭނގެނީ. އެވެސް ތި އަނިޔާވެރިންނަށް ތައުބާވެ އިސްލާހުވުމަށް ދެވޭ ފުރުސަތެއް. ތީގެން ނިކުމޭ. އަދިވެސް މީހުންގެ ލޯބި އިހްތިރާމް ލިބުމުގެ ފުރުސަތު އެބަ އޮތް