ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 18:54
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އަތުލް ކެޝާޕް
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އަތުލް ކެޝާޕް
ޓްވިޓަރ
އެމްބެސެޑަރު އަތުލް ކެޝަޕް
އެމްބެސެޑަރު އަތުލް ކެޝާޕް އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރައްވައިފި
އިދިކޮޅު ފަރާތްތަކާއި ކެޝާޕް ބައްދަލު ކުރައްވާފައިވަނީ އަންގާރަ ދުވަހު މެންދުރު

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އަތުލް ކެޝާޕް އިދިކޮޅު ފަރާތްތަކާ މިއަދު ބައްދަލު ކުރައްވައިފިއެވެ. 

އިދިކޮޅު ފަރާތްތަކާއި ކެޝާޕް ބައްދަލު ކުރައްވާފައިވަނީ އަންގާރަ ދުވަހު މެންދުރު އެމްޑީޕީގެ އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީއާއި ޖޭޕީއާއި އަދާލަތު ޕާޓީން ބައިވެރިވެފައިވެއެވެ. 

އެ ބައްދަލުވުމަށް ފަހު އަތުލް ކެޝާޕްވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ 12 މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނާއި ޖޭޕީގެ އޮފީހުގައި ވެސް ބައްދަލު ކުރައްވާފައެވެ. 

އަތުލް ކެޝާޕް މާލެ ވަޑައިގެން އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވަމުން ގެންދަވާ އިރު އެމްބެސެޑަރު ކަމުގެ މުއްދަތު މިއަހަރު ހަމަވާނެއެވެ. އަތުލް ކެޝާޕްގެ އެމްބެސެޑަރު ކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް މިހާރު ނޭޕާލުގެ އެމްބެސެޑަރުގެ ގޮތުގައި ހުންނެވި އެލައިނާ ޓެޕްލިޒް އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައިއިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އެމްސެޑަރާއިއެކު މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އެންމެނަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ބާރު އަޅައި ދިނުމަށް އިދިކޮޅު އިއްތިހާދުން ކެޝާޕްގެ ކިބައިން އެދިވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް