ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 17:34
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު
އަވަސް
މައުމޫން ހަމީދު
މައުމޫން ހަމީދު ޕޮލިހަށް ހާޒިރުވާން އަންގައިފި
މައުމޫނަށް އަންގާފައި ވަނީ ބުދަ ދުވަހުގެރޭ ފުލުހަށް ހާޒިރުވުމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް މައުމޫން ހަމީދު ބުދަ ދުވަހުގެރޭ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

މައުމޫންގެ ފުލުހަށް ހާޒިރުވާން އެންގީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި އިންޓަވިއުއެއްގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި މައުމޫނަށް އަންގާފައި ވަނީ ބުދަ ދުވަހުގެރޭ ފުލުހަށް ހާޒިރުވުމަށެވެ.

ކުރީގެ ރައީސް މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް މައުމޫން ހަމީދު މަސައްކަތް ކުރައްވަ އެވެ.

ކުރީގެ ރައީސް މައުމޫން ހައްޔަރު ކުރުމާއި އެމަނިކުފާނުގެ ބަންދުގައި ހުންނެވި މައްސަލާގައި މައުމޫން ހަމީދު ކުރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅު ކުރައްވައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް