ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 13:37
ޖަސްޓިސް ބިލްޑިން: ވެރިފަރާތުން ފެން ކަނޑާލުމުން، ފެން ގުޅައިދޭން އަމުރުކޮށްފައިވޭ
ޖަސްޓިސް ބިލްޑިން: ވެރިފަރާތުން ފެން ކަނޑާލުމުން، ފެން ގުޅައިދޭން އަމުރުކޮށްފައިވޭ
މުހައްމަދު ޝަރުހާން
ސިވިލް ކޯޓް
ދެބަސްވުމެއްގައި އިމާރާތަކުން ފެން ކަނޑާލުމުން، ފެން ގުޅައިދޭން ކޯޓުން އަމުރުކޮށްފި
އަމުރުކުރީ ސުޕްރީމް ކޯޓުގެ ޝަރުތުތަކަށް ރިޔާއަތްކޮށް
ގޭގެ ވެރިފަރާތުން ވަނީ ފެން މީޓަރުގައި ތަޅު އަޅުވާފައި

ހެންވޭރު ގެއަކުން މީހަކު ކުއްޔަށް ހިފިތަނެއްގެ ކުލި ބޮޑު ކުރުމުން، އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި އެޕާޓަމްންޓުން ފެން ކަނޑާލުމުން، އެތަނަށް އަލުން ފެން ގުޅައިދޭން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ ހެންވޭރު ގެއެއްގެ އެޕާޓްމަންޓަކަށް ދައްކަންޖެހޭ ފެން ބިލްތަކަށް ފައިސާ ދައްކާފައި ވަނިކޮށް، ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އެޅުވުމުން، އެކަމާ މެދު ހިތްހަމަނުޖެހިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައެވެ.

ވަގުތީ އަމުރުގައި ބުނެފައި ވަނީ ކުއްޔަށް ހިފި މީހާ އާއި ކުއްޔަށް ދިން ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި ނަމަވެސް އެއްބަސްވުމުގައިވާ ކުލީގައި ތަން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މިދިޔަ މަހުން ފެށިގެން ކުލި ބޮޑުވާނެކަން އެންގުމުން ކުއްޔަށް ހިފި ފަރާތުން އެކަމާ އެއްބަސްނުވެ، ތަން ހުސްކުރުމަށްޓަކައި އެހެންތަނެއް ހޯދުމަށް ދެ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ވެރިފަރާތުގެ ކިބައިން އެދިފައިވާ ކަމަށް ސިވިލް ކޯޓުގެ އަމުރުގައި ވެއެވެ.

އެ އަމުރުގައި އިތުރަށް ބުނެފައިވާ ކުއްޔަށް ހިފި ފަރާތުން މި މަހުގެ 15 ގައި ކުރިން އެތަން ހުސްކޮށްދޭނެ ކަމަށް ބުނެފައި ވާތީ، އިމާރާތުން ފެން ކަނޑާލުމުން އަސާސީ ހައްގަކުން، އެތަނުގައި ދިރިއުޅޭ މީހުން މަހުރޫމްވެފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަ ޝަރުތުތަކަށް ރިޔާއަތްކޮށް، އަމުރުގައި ބުނެފައި ވަނީ އެ މައްސަލާގައި ކޯޓުން އިތުރު އަމުރެއް ނެރުމުގެ ކުރިން ބިލަށް ފައިސާ ނުދެއްކުމުން ފިޔަވައި އިތުރު އެއްވެސް ސަބަބެއްގެ މައްޗަށް ބިނާކޮށް ފެން ކަނޑާނުލުމަށް އެމްޑަބްލިއުއެސްސީއަށާއި ގޭގެ ވެރިފަރާތައް އަންގައި އަމުރު ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް