ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 13:07
އަޖުމަށް ބެލުމަށް މާލޭގެ މަގުތަކުގައި ބަހައްޓަން ފެށި ޑަސްބިންތައް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިފްތިތާހުކޮށްދެއްވަނީ
އަޖުމަށް ބެލުމަށް މާލޭގެ މަގުތަކުގައި ބަހައްޓަން ފެށި ޑަސްބިންތައް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިފްތިތާހުކޮށްދެއްވަނީ
އެންވަރަންމަންޓް މިނިސްޓްރީ
މާލޭގައި ޑަސްބިން ބެހެއްޓުން
އަޖުމަ ބެލުމަށް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފި
މި ޑަސްބިންތައް ހަރުކޮށްފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި

އަޖުމަ ބެލުމަށް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފިއެވެ.

އެމިނިސްޓްރީން ބުނީ ވޭސްޓް މެނޭޖްމެންޓް ސެންޓަރ (ވެމްކޯ) އާ ގުޅިގެން ހިންގާ މި މަޝްރޫޢަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައި ހުރުމާއި، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި، ދިމާވަމުންދާ ސިއްޙީ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އަލަށް ތައާރަފްކުރެވުނު މަޝްރޫއެއެއް ކަމަށެވެ.

މާލޭގެ މަގުތަކުގައި މީގެ ކުރިން ޑަސްބިންތައް ބަހައްޓައިގެން ދިމާވި ގޮންޖެހުންތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މި މަޝްރޫޢު ފެށުމަށް ހަމަޖެހިފައި ވަނީ އަޖުމަބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް އެމިނިސްޓްރީން ބުނެއެވެ

މި މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ބެހެއްޓުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޑަސްބިންތަކެއް ތަޢާރަފްކުރެވިގެން ދާނެ ކަމަށާއި ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކުރެވި އެހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށާއި އަދި ސައިކަލު ޕާކުކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލިފައި ކަމަށާއި މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ

ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް