ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 11:51
ޅ. ހިންނަވަރުން އަތުލައިގަތް މަސްތުވާތަކެތި
ޅ. ހިންނަވަރުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަސް ރަށަކުން ފަސް މީހުން ހައްޔަރުކޮށްފި
މިއީ ޅ، ރ، މ، ލ އަދި އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންތަކެއް
ހައްޔަރުކޮށްފައިވަނީ 35 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުން

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަސް ރަށަކުން ފަސް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައި ވަނީ  ޅ. ހިންނަވަރާއި ރ. މަޑުއްވަރީ، މ. މުލި, ލ. އިސްދޫ  އަދި ސ. ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައިއެވެ.

ޅ. ހިންނަވަރު ބަނދަރު ސަރަހައްދުގައި މަސްތުވާތަކެތި ހިފައިގެން މީހަކު އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 7 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް މިމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މ. މުލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި 22 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު ސެލޯފިން ކޮޅަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކުޑަ ދެ ސެލޯފިންކޮޅު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

ލ. އިސްދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 33 އަހަރު މީހެކެވެ. މިމީހާ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަތް ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ  މަރަދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 35 އަހަރުގެ މީހެއް ވަނީ ހައްޔަރުކޮށްފައެވެ. އެމީހާގެ އަތުން11  ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހުރިހާ ހާދިސާއެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 08:53
ސަނީ
ރިޔާސީ ވިޔަފާރީގަ އުޅޭ ކުދިންވެސް ހަށްޔަރުކުރަނީތަ؟