ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 20:48
ރ. އުނގޫފާރު
ރ. އުނގޫފާރު
ގޫގްލް މެޕްސް
ދުވާފަރު
އެނދުގައި ތާށިވެގެން އުނގޫފާރުގައި ތިންމަހުގެ ކުއްޖަކު މަރުވެއްޖެ
އެ ކުއްޖާ މަރުވީ އެނދުގެ ގޮދަޑި އާއި ބޯލާކޮޅާ ދެމެދު ތާށިވެގެން ކަމަށް ބުނޭ

އެނދުގައި ތާށިވެގެން ރ. އުނގޫފާރުން ތިންމަހުގެ ކުއްޖަކު މަރުވެއްޖެއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ޢަލީ ރާއްޖެއެމްވީއަށް ވިދާޅުވީ ހޯމަދުވަހު އެކުއްޖާ މަރުވީ ނިންދަވާފައި ބޭއްވިތާ ވިއްސަކަށް މިނިޓް ނުވަނީސްކަމަށް ކުއްޖާގެ މަންމަ ބުނެފައިވާ ކަމަށެވެ.

ކުއްޖާ ނިންދަވާފައި ބާއްވާފައި އޮތް އެނދުގެ ހެޑް ބޯޑާއި ގޮދަޑިއާ ދޭތެރޭ އަތްތިލައެއް ވަންނަ ވަރުގެ ހުސް ޖާގައެއް ހުރި ކަމަށާއި ކުއްޖާ މަރުވީ ފުރޮޅުލި ގަޑީގައި އެ ދޭތެރެއަށް މޫނު ވަދެގެން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިންދަވާފައި ބޭރަށް ނިކުތް ކަމަށް ކުއްޖާގެ މަންމަ ބުނީ. އޭރު ވިހި މިނެޓް ވެސް ނުވާނެ ކަމަށް. ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި،" އަބްދުއްނާސިރު ވިދާޅުވިއެވެ.

އެކުއްޖާ މިހާރު ވަނީ ވަޅުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 14:09
comment
ސުރުޚީގަ އުނގޫފާރު، ތަފްޞީލުގަ ދުވާފަރު. މިހާރު އޮޅިއްޖެ.