ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 10:58
ާބަޔަކު ހައްޖުގެ އަޅުކަން އަދާކުރުމުގައި
ާބަޔަކު ހައްޖުގެ އަޅުކަން އަދާކުރުމުގައި
ވޯރޑްޕްރެސް.ކޮމް
ސައުދީ - އީރާން
އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވެއްޖެ
މިއަހަރު އީރާނުން 90،000 މީހުން ހައްޖަށް ދާނެކަމަށް އެގައުމުން ބުނޭ

އީރާނުން ހައްޖަށް މީހުން ފޮނުވުމަށް ސައުދީއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އިރާނުގެ ކަލްޗާ އެންޑް އިސްލާމިކް ގައިޑެންސް މިނިސްޓަރ ސައްޔިދު އައްބާސް ޞާލިހީ ވިދާޅުވެއްޖެއެވެ.

ޞާލިހީ ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަމަށް އީރާނުގެ ރައްޔިތުން ސައުދީއަށް ދިއުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް މިހާރު އާދެވިފައިވާ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދާ ކުންފުނިތަކާ އެކު ވެސް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އީރާނު ހައްޖުވެރިންގެ 583 ޖަމާއަތެއްގެ ހައްޖުވެރިން ޖިއްދާއަށް އުފުލުމާ ގުޅޭ ގޮތުން ސައޫދީ އެއާލައިނާ އެކު ވެސް މިހާރު ވަނީ އެއްބަސް ވެފައެވެ.

އީރާނުގެ ހައްޖުވެރިންނަށް މައްކާގައި ރައްކާތެރިކަމެއް ނެތް ކަމަށާއި އެ ރައްކާތެރިކަން ފޯރުކޮށްދޭން ސައޫދީ ސަރުކާރުން އެއްބަސްނުވާ ކަމަށް ބުނެ 2016 ވަނަ އަހަރު އީރާނުގެ އެއްވެސް ރައްޔިތަކު ހައްޖަށް ފޮނުވާފައެއް ނުވެއެވެ. އީރާނުން އޭރު އެގޮތަށް ނިންމާފައި ވަނީ 2015 ވަނަ އަހަރު ހައްޖަށް ގޮސް ތިބި މީހުންގެ ތެރޭގައި ތޮއްޖެހި ފިތުމުގެ ހާދިސާއެއްގައި 769 މީހަކު މަރުވިއިރު އޭގެ ތެރޭގައި އީރާނުގެ 464 މީހަކު ހިމެނޭ ކަމަށް ބުނެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ވެސް އީރާނުން މީހުން ހައްޖަށް ފޮނުވާފައިވެއެވެ.

މި ހަފްތާގެ ކުރީކޮޅު އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ޗެއާމަން ވިދާޅުވެފައި ވަނީ މިއަހަރު އީރާނުން ހައްޖަށް ދާމީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 5،000 އިތުރު ވގެންދާނެ ކަމަށެވެ. މިދިޔަ އަހަރު އީރާނުން ހައްޖަށް ގޮސްފައި ވަނީ 85،000 މީހުންނެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް