ހއ. ތުރާކުނު ސްކޫލުގައި އޭވީ ރޫމަކާއި ސައިންސް ލެބެއް ހެދުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ދޮޅު މިލިއަން ރުފިޔާގެ މި މަޝްރޫއު 42 ދުވަސްތެރޭގައި ނިންމުމާ ގޮތަށް މި މަސައްކަތް ހަވާލުކުރީ ވޯޓާޕާކް މޯލްޑިވްސްއާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީއެވެ. ވޯޓާޕާކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަހަމްދު އަފްރާހެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން އެ ސްކޫލްގައި އިމާރާތް ކުރެވޭ އޭވީ ރޫމާއި ސައިންސް ލެބްގެ ސަބަބުން އެސްކޫލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އިމާރާތް ކުރެވޭ މިސައިންސް ލެބްގެ ސަބަބުން ފަސޭހަކަމާއެކު އެކްސްޕްރިމެންޓްތަކާއި، ކިޔެވުމުގެ އެކި ބޭނުންތަކަށް އެލެބް ބޭނުން ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށެންވާއިރު އެއިމީރާތް ބޭނުންކުރެވޭނެ ކަމަށެވެ.
މިމަޝްރޫއަށް 1،550،499.33 ރުފިޔާ ހޭދަވާއިރު ވޯޓާޕާކް ކުންފުންޏާ ހަވާލުކުރީ 42 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްށެވެ.
89 ކުދިން ތައުލީމް ހާސިލްކުރަމުންދާ ތުރާކުނު ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިހާރު ހުންނަނީ ނުވަ ކްލާސްރޫމާއި އެއް ސްޓާފްރޫމްގެ އިތުރަށް ފާހަނާ ބަރިއެކެވެ.