ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 10:52
ސަސްޕެންޑް ކުރި ކައުންސިލަރ ސާޖިދު
ސަސްޕެންޑް ކުރި ކައުންސިލަރ ސާޖިދު
ޓްވިޓަރ
ކަމަދޫ ކައުންސިލް
ސަސްޕެންޑް ކުރީ އެއްވެސް އަސާސެއް ނެތި: ސާޖިދު
ސާޖިދު ސަސްޕެންޑް ކޮށްފައިވަނީ މެއި 31 ގައި

ސަސްޕެންޑް ކުރީ އެއްވެސް އަސާސެއް ނެތި ކަމަށް ކަމަށް ބ. ކަމަދޫ ކައުންސިލްގެ ނާއިބު އަހުމަދު ސާޖިދު ވިދާޅުވެއްޖެއެވެ.

މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ސާޖިދު ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާ ބަލަންޖެހޭ އާއިލާއެއް އޮންނަ ކަމަށާއި މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުން ދަތިތަކާއި ކުރިމަތި ވާނެ ކަމަށެވެ. އެއީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. 

ސަސްޕެންޑްކުރި ނަމަވެސް އަބަދު ވެސް ހުންނާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ސާޖިދު ވިދާޅުވިއެވެ. ސަސްޕެންޑްކުރުމުގެ ކުރިން ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް ކަންތައްތައް ހާމަކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މެއި 31 ގައި ސާޖިދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެރަށު ކައުންސިލްގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތާއި ލިޔެކިއުމަށް ބެލިބެލުމުން ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު އިންތިޚާބު ކޮށްފައި ނުވާތީ ކަމަށެވެ.  

ސާޖިދުގެ ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި އޭނާއަށް އެކައުންސިލް ތަމްސީލު ކުރުން މަނާ ކަމަށް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ. އަދި ކައުންސިލް ހިންގުމާއި ވަގުތީ ގޮތުން މިހާރު ހުންނެވީ ކައުންސިލް މެމްބަރު އަހުމަދު ސާމިރު ކަމަށް ވެސް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

ސާޖިދު ވިދާޅުވީ އޭނާއަށް އެކައުންސިލްގެ ޖެމްސްގެ ޚިދުމަތް ނުލިބޭތާ ގާތްގަނޑަކަށް 5 މަސް ދުވަސްވެފައިވާ ކަމަށާއި ބޭނުންކުރާ ސިސްޓަމްތަކަށް ސޮފްޓްވެއާގެ ޚިދުމަތް ނުލިބުމާއި ޑޮކިއުމެންޓް ނުވަތަ ލިޔުންތައް ޕްރިންޓްކުރެވޭނެ ޚިދުމަތް ވެސް ލިބިފައި ނުވާ ކަމަށެވެ. ރައީސަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވަނީ އެފަދަ ދަތިތައް ހުރުމުން ކަމަށް އެލްޖީއޭ އަށް އޭނާ ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް