ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 00:52
ބޮޑުމަހުގެ ބަނޑުން ނެގި ކޮތަޅުތައް
ބޮޑުމަހުގެ ބަނޑުން ނެގި ކޮތަޅުތައް
ބިޒްނަސް އިންސައިޑަރ
މޫދަށް ކުނި އެޅުން
8 ކިލޯގެ ޕްލާސްޓިކް ކޮތަޅު ކައިގެން ބޮޑުމަހެއް މަރުވެއްޖެ!
ޕައިލެޓް ވޭލް ފެނިފައިވަނީ ތައިލެންޑްގެ ދެކުނުން
މަރުވީ ހޮޑުގެ ގޮތުގައި 5 ކޮތަޅު އަނގައިން ބޭރުކޮށްފައި

8 ކިލޯގެ ބަރުދަން ހުރި ޕްލާސްޓިކް ކޮތަޅުތަކެއް ކައިގެން ގައިގެ ވަރު ދެރަވި ބޮޑުމަހެއް މަރުވެއްޖެއެވެ.

ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ މި ޕައިލެޓް ވޭލް ފެނިފައިވަނީ ދެކުނު ތައިލެންޑްގެ އައްސޭރިފަށުން، މެލޭޝިއާއާއި ގުޅޭ ސަރަހައްދީ ރޮނގު ކައިރިން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. 

މި ޕައިލެޓް ވޭލް ފެނުމުން ޖަނަވާރުންނަށް ފަރުވާ ދޭ ޑޮކްޓަރުންގެ ޓީމަކުން އެއަށް ފަރުވާދެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފަރުވާދެމުން ދަނިކޮށް މި ޖޫން މަހުގެ ފުރަތަމަ ދުވަހު އެމަސް ވަނީ މަރުވެފައެވެ. މަރުވި އިރު ޕައިލެޓް ވޭލް ހޮޑުގެ ގޮތުގައި 5 ކޮތަޅު އަނގައިން ބޭރުކޮށްފައިވާތީ މަހުގެ އޮޓޮޕްސީއެއް ހެދިއެވެ. އަދި އޮޓޮޕްސީއިން އެނގުނު ގޮތުގައި އެމަހުގެ ބަނޑުގައި 8 ކިލޯގެ ޕްލާސްޓިކް ކޮތަޅު ހުއްޓެވެ.

މި ޕައިލެޓް ވޭލްގެ ގައިން ވަރުދެރަވެ ހާލުދެރަވީ ކާނާކަމަށް ހީކޮށް ޕްލާސްޓިކް ކޮތަޅު ކެއުމުން ކަމަށާއި، ގައިގެ ވަރު ދެރަވެ، އަސްލު ކާނާ ހޯދުމަށް އެއަށް އުނދަގޫވިކަމަށް ޑޮކްޓަރުން ބުނެއެވެ. 

މިދިޔަ އެޕްރީލް މަހު ސްޕެއިންގެ އައްސޭރިފަށަށްވެސް ޕްލާސްޓިކް ކައިގެން މަރުވި މަހެއް ލެއްގިއެވެ. 33 ފޫޓުގެ އެ ސްޕަރމް ވޭލްގެ ގޮހޮރުގައި 27 ކިލޯގެ ބަރުދަން ހުރި ޕްލާސްޓިކް ކޮތަޅު ހުއްޓެވެ. 

އދގެ ތިމާވެއްޓާއި ބެހޭ ޕްރޮގްރާމް ޔުނެޕް އިން އަންދާޒާކުރާ ގޮތުގައި އަހަރަކު 80 މިލިއަން ޓަނުގެ ޕްލާސްޓިކް ކޮތަޅު ކަނޑުތަކަށް އުކާލާއެވެ. މިއީ ކަނޑަށް އުކާލާ ކުނީގެ 80 އިންސަައްތައެވެ. 

ތައިލެންޑަކީ އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ އެއް ޤައުމެވެ. ތައިލެންޑްގެ ކަނޑުތަކަށް ކޮންމެ އަހަރަކު ގިނަ އަދަދަކަށް ކޮތަޅު އުކާލަމުންދާއިރު، އެތަކެތި ކައިގެން ކަނޑުގެ ގިނަ އަދަދެއްގެ ދިރުންތައް ކޮންމެ އަހަރަކުވެސް މަރުވެއެވެ. މިކަމާއި ގުޅިގެން މިދިޔަ މެއި މަހު ތައިލެންޑް ސަރުކާރުން ވަނީ އެޤައުމުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުން ޓެކްސްއެއް ނަގާނެކަމަށް އިއުލާންކޮށްފައެވެ. ތައިލޭންޑް ސަރުކާރުން ވަނީ ޤުދުރަތީ ގޮތުން ނެތިގެންދާ ކޮތަޅު ބޭނުންކުރުން އިތުރު ކުރުމަށް ބާރު އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
5 ޖޫން 2018 | އަންގާރަ 19:22
ޖަޕާނުމީހުން
ޖަޕާނުމީހުން ހައްޓަކު ހެއެއް ނުހުންނާނެ