ސައުދީ އަރަބިއްޔާގައި އަންހެނަކަށް ފުރަތަމަ ފަހަރަށް ހޯމަ ދުވަަހުު ޑްރައިވިން ލައިސަންްސް ދޫކޮށްފިއެވެ.
ޑްރައިވިން ލައިސަންސް އަންހެންމީހާއަށް އޮފިޝަލުން ދޭ ވީޑިއޯ މިހާރު ވަނީ ޝޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
ސައުދީ އަރަބިއްޔާގެ "ޖެނެރަލް ޑިޕާޓްމަންޓް އޮފް ޓްރެފިކް" ގެ ޑައިރެކްޓާ ޖެނެރަލް މުހައްމަދު އަލް-ބައްސަމީ މެއި މަހު ކުރީކޮޅު ވިދާޅުވެފައި ވަނީ ސައުދީގައި ޑްރައިވިން ލައިންސަންސް ދޫކުރަން ފަށާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ޖޫން މަހު 24 ވަނަ ދުވަހުން ފެށިގެން އަންހެނުންނަށް މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ލިބިގެން ދާނެ ކަަމަށެވެ.
ސައުދީގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމަށް މަނާކޮށްފައި އޮތް އޮތުން، 2017 ގެ ސެޕްޓެމްބަރު މަހު ފަހުކޮޅު ޝާހީ ގަރާރަކުން ވަނީ ނިމުމަކަށް ގެނެސްފައެވެ.