ކ. މާލެ
|
4 ޖޫން 2018 | ހޯމަ 19:18
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް
ރާއްޖެ އެމްވީ
އަހުމަދު މަހުލޫފް
ވަގުތު އޮއްވާ ކޮމަން ކެނޑިޑޭޓަކު ނެރުމަށް މަޚްލޫފް ގޮވާލައްވައިފި
އޭނާގެ އެދުމަކީ، ވަގުތު އޮއްވާ ލީޑަރުން ގޮތެއް ނިންމެވުންކަމަށް ވިދާޅުވި

ވަގުތު އޮއްވައި އިދިކޮޅު އިއްތިހާދުން ކޮމަން ކެނޑިޑޭޓަކު ނެރުއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 11 މަހަށް އޭނާ ޖަލަށްލީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރުމުން ކަމަށެވެ. އަދި 17 އަހަރަށް ޖަލަށްލާން މިހާރު އެ އުޅެނީ އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން އަމުރު ތަންފީޒުކުރުމަށް މުޒާހަރާކޮށްގެން ކަމަށެވެ.

"ހަތަރު އަހަރު މަސައްކަތް ކުރީ، ލީޑަރުންނަށް ކެނޑިޑެންސީ ޔަގީންކޮށްދޭން" މަޚްލޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދެންވެސް އޭނާ މަސައްކަތް ކުރައްވަނީ އެމަގަށް ކަމަށާއި، މިއަދު އޭނާގެ އެދުމަކީ ވަގުތު އޮއްވާ ލީޑަރުން ގޮތެއް ނިންމެވުން ކަމަށެވެ.

މަޚްލޫފް ވަނީ އާދިއްތަ ދުވަހު ބަޔާނެއް މެދުވެރިކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭނަމަ ތާޢީދު ކުރައްވާނީ ރައީސް ނަޝީދަށް ކަމަށް ވިދާޅުވެފައެެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ދައުވާއެއް މިހާރު ވެސް ކުރިއަށް ދާތީ އޭނާގެ މައްޗަށް ޖަލު ހުކުމެއް ދާދި އަވަހަށް އިއްވާނެ ކަމަށް ޤަބޫލުކުރެވޭތީ އޭނާގެ ސިޔާސީ ވިސްނުން ހުރި ގޮތް ބަޔާންކޮށް ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގެންފިނަމަ ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރައްވައި، ދެވަނަ ބުރުގައި ކޯލިޝަން ހެއްދެވުމަކީ މައްސަލައެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކިވަކިން ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ޙާލަތެއްގައި ގުޅިފައިވާ ކެންޑިޑޭޓެއް ނެރޭއިރު، ރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ބޭފުޅަކު އަދި ނައިބު ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު ގެނައުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ

ރައީސްކަމުގެ މަޤާމަށް ގުޅިފައިވާ ޕާޓީތަކުން ނެރެން އެންމެ ރަނގަޅުކަމަށް މަހުލޫފަށް ފެނިވަޑައިގަންނަވާ ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްކަމަށް ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެކި އެކި ފިކުރުތަކުގެ ސިޔާސީ ބޭފުޅުން ގޮވައިގެން ބުރަ މަސައްކަތްތަކެއް އިބޫ ކުރައްވާފައިވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް