ކ. މާލެ
|
4 ޖޫން 2018 | ހޯމަ 17:58
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު
މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ޖުޑީޝަރީ
އަހަރެމެން އެދޭ ވެރިކަމެއްގައި ސިއްރުހެކި ނެގުން މަނާކުރާނަން: ސުއޫދު
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ ޖަރީމާތަކަށް ހައްގު އަދަބު ދޭނޭކަމަށް ވިދާޅުވި

އޭބޭފުޅުން އެދޭ ވެރިކަމެއްގައި ސިއްރު ހެކި ނެގުން މަނާކުރާނެކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިއްރު ހެކި ބޭނުން ކުރުމާއި، ޝަރީއަތް ސިއްރުކުރުން ގާނޫނުގައި މަނާކުރާނޭކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރާއި  ޖޭއެސްސީގައި މިހާރު ތިބި ސިޔާސީ މީހުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ ޖަރީމާތަކަށް ހައްގު އަދަބު ދޭނޭކަމަށެވެ.

ކޯޓްތަކުގައި މައްސަލަތައް ހިނގާ ގޮތާއި، އަދި ބައެއް މައްސަލަތަކުގައި ހެކިބަސް ނަގާގޮތާއި މެދު ސުއޫދު ގާނޫނީ ގޮތުން ފާހަގަކުރެވޭ މައްސަލަ ތަކައި މެދު ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ގެންދަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް