ކ. މާލެ
|
4 ޖޫން 2018 | ހޯމަ 17:08
މައުމޫން ފައުންޑޭޝަނުން ސްކޮލާރޝިޕް ފުރުސަތު ދިނުން---
މައުމޫން ފައުންޑޭޝަނުން ސްކޮލާރޝިޕް ފުރުސަތު ދިނުން---
މުހައްމަދު ޝަރުހާން
މައުމޫން ފައުންޑޭޝަން
މައުމޫން ފައުންޑޭޝަނުން 10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
މިއީ ޕާޓް-ފަންޑަޑް ސްކޮލާރޝިޕްތަކެއް
މި ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަށް ސިޓީ ޔުނިވާސިޓީގެ 5 ދާއިރާއިން

ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން  10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ މައުމޫން ފައުންޑޭޝަންގެ ފަރާތުން ހުޅުވާލެވޭ ޕާޓް-ފަންޑަޑް ސްކޮލާރޝިޕްތަކެކެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މި ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަށް ސިޓީ ޔުނިވާސިޓީގެ 5 ދާއިރާއިން ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ބެޗަލާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާރ އޮފް ކޮމްޕިއުޓާރ އެޕްލިކޭޝަން، ބެޗަލާރ އިން ބަޔޯޓެކްނޮލޮޖީ ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލަރ އޮފް ފިޒިއޮތެރަޕީއާއި މާސްޓަރ އޮފް ޓުރިޒަމް އެންޑް ޓްރެވަލް މެނޭޖްމެންޓް އެވެ.  

އެޕްލިކޭޝަން ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް