ކ. މާލެ
|
4 ޖޫން 2018 | ހޯމަ 14:42
ހަމަލާ ދިން ސަރަހައްދުގެ ކައިރީގައި ސަލާމަތީ ޚިދުމަތްތަކުގެ ވެހިކަލެއް
ހަމަލާ ދިން ސަރަހައްދުގެ ކައިރީގައި ސަލާމަތީ ޚިދުމަތްތަކުގެ ވެހިކަލެއް
ރޮއިޓަރސް
ކާބުލްގައި އެއްޗެއް ގޮއްވާލުން
ކާބުލްގައި ޝެއިޚުންތަކެއްގެ އެއްވުމަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި 12 މީހުން މަރާލައިފި
މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވޭ: އޮފިޝަލް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޕޮލިޓެކްނިކް ޔުނިވަރސިޓީގެ ކައިރީގައި ހުރި ޓެންޓެއްގައި މުސްލިމުން ލީޑަރުންނާއި ޝެއިޚުން ބައްދަލުވުމަކަަށް ޖަމާވެފައިވަނިކޮށް ޖާނުން ފިދާވެގެންދިން ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފިއެވެ.

އަފްޣާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބް ދާނިޝް ވިދާޅުވީ ހޯމަ ދުވަހު ދިން ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު އިތުުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހަމަލާދިން މީހާ ހިނގާފައި ގޮސް ހުރީ ޔުނިވާސިޓީގެ ގޭޓް ކައިރީގައި ކަމަށް އޭނާ ވިދާޅުވިއެެވެ.

ޖާނުން ފިދާވެގެން ހަމަލާ ދިނުމާ ބެހޭ ގޮތުން ފަތުވާ ނެރުމަށްޓަކައި އެ ވަގުތު ބައްދަލުވުމަށް 2,000 އެއްހާ އިލްމުވެރިން ޖަމާވެފައިވާ ކަމަށް ކާބުލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ބައްދަލުވުން ނިންމާލުމަށް ފަހު ބައިވެރިން ޓެންޓުން ނުކުންނަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް