ކ. މާލެ
|
4 ޖޫން 2018 | ހޯމަ 12:56
ހިރިޔާ ސްކޫލް ކުދިންކޮޅެއް ސްކޫލް ތެރޭގައި: ސްކޫލްތަކުގައި ރޯދަވީއްލުމެއް ބާއްވަން ވަނީ ނިންމާފައި
ހިރިޔާ ސްކޫލް ކުދިންކޮޅެއް ސްކޫލް ތެރޭގައި: ސްކޫލްތަކުގައި ރޯދަވީއްލުމެއް ބާއްވަން ވަނީ ނިންމާފައި
ގޫގުލް
އެޑިއުކޭޝަން މިނިސްޓްރީ
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހުރިހާ ސްކޫލް ތަކެއްގައި ރޯދަވީއްލުމެއް ބާއްވަނީ
ބައެއް ސްކޫލްތަކުގައި ގްރޭޑް އެކަކުން ފެށިގެން ކުދިން ބައިވެރިކުރޭ
މިކަން ބާއްވަނީ މިމަހުގ 6 ނޫނީ 7 ގައި
ގިނަ ކުދިންތަކެއް އެއްފަހަރާ އެއްކުރާއިރު ގިނަބަޔަކު އެއްތާކަށް އެއްނުވާން އެޗްޕީއޭޢިން އިރުޝާދު ދެމުން ދަނިކޮށް

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ރޯދަވީއްލުމެއް ބާއްވަން އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކަމަށާއި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގެ އެކި ސްކޫލްތަކުގައި މެންދުރުގެ ކެއުން އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކާ ނުލައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެދުވަހަކީ ރޯދަމަހުން ދުވަހަކަށްވާތީ މިދުވަސް ފާހަގަކުރުމަށް ރާއްޖޭގެ ސްކޫލްތަކުގައި ކްލާސް ފެންވަރުގައި ރޯދައްވީއްލުމެއް ބޭއްވުމަށް ވިސްނިފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ބުނީ އެކަމަކީ މިއަހަރު ކުރިއަށްގެންދާ "ފަރުކޮއެ" ޕްރޮޖެކްޓާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި ރޯދަމަހަކީ މުސްލިމުން އެއްކަމަކަށް ވަގުތު ހުސްކޮށް އަޅުކަމަށް ސަމާލުކަން ދިނުމުގެ އިތުރުން، ޖަމާޢަތުގެ އެއްބައިވަންތަކަން ވަރުގަދަވެ އެކަކު އަނެކަކަށާއި ދިރިއުޅޭ މާހައުލާމެދު އިތުރަށް ވިސްނާ އިހްތިރާމް އަދާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މިގޮތައް ރޯދަވީއްލުން ކުރިއަށް ގެންދާއިރު އިސްރާފްކުރުން މަދުކުރުމަށާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކްގެ ބަދަލުގައި އެހެންތަކެތި ބޭނުންކުރުމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވުން އެދޭކަމަށްވެސް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަނުން ބުނީ މި ރޯދަވީއްލުން ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދާނީ މިމަހުގެ 6 ނުވަތަ 7 ގައި ކަމަށެވެ.

ހުރިހާ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވުމަށް ބާރުއަޅާ މި ރޯދަވީއްލުމަށް ބައެއް ސްކޫލްތަކުން ގުރޭޑް 1ން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނަށް ވަނީ ރޯދަވިއްލުމުގައި ބައިވެރިވުމަށް ބާރު އަޅާފައެވެ.

އެއްތާކަށް އެއްވެ ގިނަކުދިންތަކެއް އެއްފަހަރާ ރޯދަވީއްލުމެއް ބޭއްވުމަށް ނިންމާފައިވާއިރު މިދުވަސްވަރަކީ ތަފާތު ރޯގާތައް ފެތުރެމުންދާ ދުވަސްވަރެކެވެ. މީހުން އެއްވާ ތަންތަނަށާއި ކޮންމެހެން ނުގެންގޮސް ނުވެގެން ނޫނީ ހޮސްޕިޓަލަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭއިން ދަނީ އިރުޝާދު ދެމުންނެވެ. އަދި ސްކޫލްތަކަށްވެސް ކުދިން ފޮނުވާ މިންވަރުވެސް ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް