ކ. މާލެ
|
4 ޖޫން 2018 | ހޯމަ 18:34
ޖީއެމްއާރު ކުންފުނިން އެއާޕޯޓް ހިންގިއިރު ނަގާފައިވާ ފޮޓޯއެއް
ޖީއެމްއާރު ކުންފުނިން އެއާޕޯޓް ހިންގިއިރު ނަގާފައިވާ ފޮޓޯއެއް
ގޫގުލް
ޖީއެމްއާރް މައްސަލަ
ޓެކްސްގެ ގޮތުގައި 316 މިލިއަން ރުފިޔާ ދެއްކުމަށް ޖީއެމްއާރަށް އަންގައިފި
ޓެކްސް ފައިސާ ދެއްކުމަށް އެންގި އެންގުން ޖީއެމްއާރުއިން ގަބޫލެއް ނުކުރާ
ޖީއެމްއާރް އެއްބަސްވުން އުވާލާފައިވަނީ 2012 ވަނަ އަހަރު
ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ވަނީ 4 ބިލިއަން ރުފިޔާ ދަންކަން ޖެހިފައި

ދައުލަތަށް ޓެކްސްގެ ގޮތުގައި 20.5 މިލިއަން ޑޮލަރު (316.11 މިލިއަން ރުފިޔާ) ދެއްކުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުޏްނަށް ދިވެހި ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)  އިން އަންގައިފި އެވެ. 

އިންޑިއާގެ ޓެލެގްރާފް ނޫހުގައި ބުނެފައިވާ ގޮތުގައި މީރާއިން އިން ޖީއެމްއާރަށް ނޯޓިސް ފޮނުވާފައި ވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި 14.4 މިލިއަން ޑޮލަރާ (222 މިލިއަން ރުފިޔާ) އާއި ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރު (43.2 މިލިއަން ރުފިޔާ) އަދި ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު (50.8 މިލިއަން ރުފިޔާ) ދެއްކުމަށެވެ. 

މި ފައިސާ ދެއްކުމަށް އެންގި އެންގުން ގަބޫލު ނުކުރާ ކަމަށާއި މިކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބަހަކަށް މަޑުކުރާ ކަން ޖީއެމްއާރްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް) ހިންގުމަށް 25 އަހަރު ދުވަހަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ވެފައިވާ  އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށް ބުނެ، އެއްބަސްވުން އުވާލުމުގެ ސަބަބުން ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ވަނީ ދައްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަންއިން ނިންމުމުން އެ ފައިސާ ވަނީ ދައްކައިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ 28 ޖޫން 2010 ވަނަ އަހަރު އެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްއިން ވަރަށް ބޮޑަށް ޕްރެޝަރުގެ ސަބަބުންނެވެ. އެއަށް ފަހު އެއާޕޯޓް ހިންގަމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުމާމް އަލީ
- ކޮމެންޓް
4 ޖޫން 2018 | ހޯމަ 08:49
ޢާދަން
bala ufedhumugai baathil ehchakah tax dhakkan jeheytha tax dhakkan jehey kamah vanna ebbasavu sahha vaane noonbaa