ކ. މާލެ
|
4 ޖޫން 2018 | ހޯމަ 09:00
ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު - އޭނާ ވެސް ވަނީ އިބޫއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައި
ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު - އޭނާ ވެސް ވަނީ އިބޫއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ސުއޫދުގެ ތައީދު ވެސް ނަޝީދާއި އިބޫ އަށް
މަހުލޫފު ވެސް ވަނީ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓެއްގެ ގޮތުގައި އެންމެ ރަނގަޅީ އިބޫ ކަމަށް ވިދާޅުވެފައި
ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް އަންނަނީ މަޝްވަރާކުރަމުން

ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެއްވޭ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ކުރީގެ ބަންޑާރަ ނާއިބު ހުސްނުއް ސުއޫދު ވެސް ވިދާޅުވެއްޖެއެވެ. 

ބޮޑެތި ގިނަ މައްސަލަތަކުގައި ޤާނޫނީ ވަކީލުކަން ވެސް ކުރައްވަމުން އަންނަ މަޝްއޫރު ޤާނޫނީ ވަކީލް، ސުުއޫދު އެފަދައިން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުން ނެރޭނެ ކެނޑިޑޭޓަކާ މެދު ބަހުސް އިތުރުވެފައި ވަނިކޮށެވެ. ކުރީގެ ރައީސް ނަޝީދަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ނަމަ، އިދިކޮޅު ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އިބޫ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ބަޔާނެއް ވެސް ނެރުއްވާފައެވެ. 

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު ނަޝީދަށް ކުރިމަތިނުލެއްވޭ ނަމަ އޭނާ ވެސް ތާއީދުކުރައްވާނީ އިބޫއަށް ކަމަށެވެ. 

މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ސިޔާސީ އިދިކޮޅު ލީޑަރުންނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރެއްވުން ރަނގަޅު ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ. އަދި ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަން އެކުގައި މަސައްކަތް ކުރާނެ ކަން ޔަގީން ކުރެވޭއިރު، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ގެންދަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކާ މެދު ބަހުސްތައް ކުރަމުންނެވެ. މީސްމީޑިއާގައި ގިނަ ބަޔަކު ގެންދަނީ އިބޫ އަށް އޮތް ތާއީދު ވެސް ދައްކަމުންނެވެ. އޭގެ ތެރޭގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ހިޔާލުގެ ފަރާތްތައް ގިނަކަން ފާހަގަކޮށްލެވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް