ކ. މާލެ
|
4 ޖޫން 2018 | ހޯމަ 00:36
މަންޓާ އެއަރގެ މަތިންދާ ބޯޓު ހުންނާނެ ގޮތް ދައްކުވައި ދޭ ރަމްޒީ ފޮޓޯއެއް
މަންޓާ އެއަރގެ މަތިންދާ ބޯޓު ހުންނާނެ ގޮތް ދައްކުވައި ދޭ ރަމްޒީ ފޮޓޯއެއް
މަންޓާ އެއާ
މަންޓާ އެއާ
ރާއްޖޭގައި މުޅިން އާ އެއަރލައިނެއް އުފެއްދުމުގެ މަސައްކަތް ކުރަނީ
ކުންފުނި އުފައްދަނީ ތިން ފަރާތެއް ހިއްސާވެގެން
ނޯ އޮބްޖެކްޝަން ލެޓާ ވަނީ ލިބިފައި
މިއަންނަ އޮކްޓޯބަރު މަހު ދަތުރު ފަށާނަން

ރާއްޖޭގައި މުޅިން އާ އެއަރލައިނެއް އުފައްދާ އަންނަ އޮކްޓޯބަރު މަހު ޚިދުމަތް ދިނުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

"މަންތާ އެއަރ"ގެ ނަމުގައި އެއާލައިން އުފައްދަނީ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވަރސަލް އެންޓަޕްރައިސްއާއި ދާލު އެއާޕޯޓު އަދި މަޝްހޫރު ކަނޑިންމަ ރިސޯޓް ހިންގާ ރިއޮލޯ އިންވެސްޓްމެންޓް ހިއްސާވެގެންނެވެ.

މަންތާ އެއަރ އުފެއްދުމަށް ބޭނުންވާ ނޯ އޮބްޖެކްޝަން ލެޓަރ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މިދިޔަ ހަފްތާގައި ދީފައެވެ. އެއާއެކު އެ އެއަރލައިންސް އިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ ޚިދުމަތް ދޭން، ހަތަރު ސީޕްލޭނާއި 72 މީހުން ޖާގައިގެ އޭޓީއާރު މަރުކާގެ ތިން ބޯޓު ބޭނުން ކުރާނެ ކަމަށެވެ.

މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މިހާރު ކުންފުންޏެއް އުފައްދައިފައިވާއިރު "މަންތާ އެއަރ"ގެ ނަމުގައި ޓްރޭޑް މާކް ވެސް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެ އެއަރލައިނުގެ އިސް މަގާމުތަކަށް މީހުން ހަމަ ޖައްސައިފައި ވާއިރު ރަސްމީކޮށް އެއަރލައިނުގެ މަސައްކަތްތައް ވެސް ފަށައިފިއެވެ.

ނޯ އޮބްޖެކްޝަން ލެޓަރ މަންތާ އެއަރއަށް ލިބުނު ކަމުގައި ވީނަމަވެސް އަދިވެސް ފުރިހަމަ ކުރަންޖެހޭ އެހެނިހެން ބައެއް ކަންކަން ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މަންތާ އެއަރލައިންސްގެ ޚިދުމަށް ރާއްޖޭގައި ދޭން ފަށައިފިނަމަ އެކުންފުނި ވެގެންދާނީ މަރުކާގެ މަތިންދާބޯޓުތަކާއި ސީޕްލޭން ބޭނުން ކޮށްގެން ދަތުރު ކުރާ ދެވަނަ ކުންފުންޏަށެވެ. ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ އައިލެންޑް އޭވިއޭޝަނާއި ވިލާ ކުންފުނިންނެވެ. އަދި، ސީ ޕްލޭންގެ ޚިދުމަތް އައިލެންޑް އޭވިއޭޝަންގެ އިތުރުން ޓީއެމްއޭ އިން ވެސް ދެމުން ގެންދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
3 ޖޫން 2018 | އާދީއްތަ 20:49
ކުރާނެކަމެއްނެތިގެންބާ
ކުރާނެކަމެއްނެތިގެންބާ